ރެސިޕީ 16: ކޮޕީފަތު ސަޓަނި

ރެސިޕީ 16: ކޮޕީފަތު ސަޓަނި

Author
ފާތިމަތު ނާވީ
30 މާރޗް 2023 09:32
0

މިއީ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ކޮޕީފަތު ސަޓަނިއަކީ ގިނަ ފައިދާ ތަކެއްވެސް ލިބިދޭ އަދި އަހަރެމެންގެ ކާބަފައިންގެ ޒަމާނުން ސުރެ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެވެ.

ކޮޕީފަތު ސަޓަންޏަކީ ކެއުން އިތުރަށް ފުރިހަމަ ކޮށްލުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ، ގިނަ ފައިދާތަކެއް ލިއްބައިދޭ އަނގަޔަށް މީރު އެއްޗެކެވެ. ހާރުދަމަށް ނުވަތަ ތަރާވީހަށް ކޮޕީފަތު ސަޓަނި ތައްޔާރު ކޮށްލުން ކިހިނެއްވާނެޠޯއެވެ.؟

ބޭނުން ވާނެ ތަކެތި: 

1 ޖޯޑު ކޮޕީފަތް ( ތުނިކޮށް ކޮށާލައިފައި)

1 ފިޔާ ކުޑަ ( ތުނިކޮށް ކޮށާލައިފައި)

2 ތޮޅި މިރުސް (ތުނިކޮށް ކޮށާލައިފައި)

ލުނބޯ ފަޅިއެއްގެ ހުތް

ކުޑަ ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ، މިރުސް އަދި ލޮނު ކޮޅުގެ ތެރެއަށް ލުބޯ ހުތް ފަޅި ފިތައިލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު ކޮޕީ ފަތްކޮޅު އެއްކޮށްލާށެވެ. ކޮޕީ ފަތް އެޅުމަށްފަހު މާބޮޑަށް މޮޑެ ގަނެފިނަމަ ކަމަކު ނުދާނެއެވެ. މަޑުމަޑުން އެއްކޮށްލާށެވެ. މިހާރު ހުންނާނީ ކޮޕީފަތު ސަޓަނި ތައްޔާރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.