ރެސިޕީ 8: ދަނޑިއަލުވި ބޯކިބާ

ރެސިޕީ 8: ދަނޑިއަލުވި ބޯކިބާ

Author
ފާތިމަތު ނާވީ
26 މާރޗް 2023 08:50
0

ދަނޑި އަލުވި ބޯކިބަލަކީ ކުރީ ޒަމާނުންސުރެ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބޯކިބަލެވެ. ގަބުޅިއާއި ދަނޑި އަލުވި ބޭނުން ކޮށްގެން ހަދާ މި ބޯކިބަލަކީ ކާބަފައިންގެ ޒަމާނުން ސުރެ ވާރުތަވަމުން އައިސްފައިވާ ވަރަށް މީރު ކެއުމެކެވެ.

މިއީ ދިވެހިންގެ މެދުގައި ހާއްސަކޮށް ދޮށީ އުމުރުގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު ބޯކިބަލެކެވެ. މަދު ތަކެތިން ތައްޔާރުކޮށްލެވޭ މި ބޯކިބަލުން ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިލުން ކިހިނެއް ވާނެހެއްޔެވެ؟

 

ބޭނުން ވާނެ ތަކެތި: 

2 ޖޯޑު ދަނޑި އަލުވި (ހިމުންކޮން ގާނާފައި)

2 ޖޯޑު ގަބުޅި

2 ޖޯޑު ހަކުރު

އެސެންސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

މި ބޯކިބަލުގެ މައިގަނޑު އެއްޗަކީ ގަބުޅި އާއި ދަންޑި އަލުވިއެވެ. އެހެން ކަމުން ގަބުޅިވެސް ގާނާލުމަށްފަހު ދެޖޯޑު ނަގާށެވެ. ބޭނުން ނަމަ ގަބުޅި އަދި ދަނޑި އަލުވި ވަކިން މިކްސަރުން ހިމުންކޮން މުގުރާލުމަށްފަހު ކޮންމެ އެއްޗަކުންވެސް ދެ ޖޯޑު ނަގާށެވެ. އަދި ހަކުރުރާއި އެސެންސްކޮޅާ އެއްކޮށް ރަނގަޅަށް މިކްސް ކޮސްލާށެވެ. ޓްރޭއަކަށް ތެޔޮ ފޮދެއް އަޅާލާށެވެ. ރަނގަޅަށް ތެޔޮފޮދު ޓްރޭގައި އުނގުޅާލުމަށްފަހު ކުޑަ ގޮދަންފުއްކޮޅެއް އަޅާއި ޓްރޭގައި ހާކައިލާށެވެ. އެހެން ހެދުމުން ޓްރޭގައި ބޯކިބާ ތަތް ނުލަވާނެއެވެ.

ދެން ޓްރޭއަށް، ތައްޔާރު ކުރި ބޯކިބާ ފުއްގަނޑު އެޅުމަށްފަހު މަޑު މުށި ކުލަ ނުވަތަ ގޯލްޑެން ބްރައުން ކުލަ އަރަންދެން ފިހެލާށެވެ. އޭރަށް ހުންނާނީ ދަނޑިއަލުވި ބޯކިބާ ތައްޔާރު ކުރެވިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.