ޓޮޓެންހަމް މޮޅުވާން ދިޔަ މެޗުގައި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް, ސައުތެމްޓަންއިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ސައުތެމްޓަން ދަނޑުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމަށް ލީޑުނަަގައިދިނީ ޖެނުއަރީ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ޕެޑްރޯ ޕޯރޯއެވެ. ދެ ވަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ، ޗޭ އެޑަމްސް ސައުތެމްޓަނަށް އެއްވަރުކޮށްދިނެވެ. ހެރީ ކޭން ބޮލުން ޖެހި ގޯލާއި އިވާން ޕެރިސިޗް ކާމިޔާބުކުރި ގޯލުން ޓޮޓެންހަމް އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެކަމަކު، ސައުތެމްޓަން އިން ހިތްވަރު އެލުވާނުލައި ކުޅެ ނަތީޖާ ހަމަހަަމަކުރިއެވެ.
ޓޮޓެންހަމް އިން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، 77 ވަނަ މިނިޓްގައި ތިއޯ ވޮލްކޮޓް ވަނީ ސޭކޫ މާރާ ދިން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. އިތުރު ވަގުުތުގައި ސައުތެމްޓަން އިން އެއްވަރުކުރީ ޕެނަލްޓީ އަކުން ޖޭމްސް ވޯޑް ޕްރައުސް ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ޕާޕޭ ސާ އޭރިއާތެރެއިން ސައުތެމްޓަންގެ އައިންސްލީ މައިޓްލަންޑް ނައިލްސް އަށް ދިން ފައުލެކެވެ.
ޓޮޓެންހަމް މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ 28 މެޗުން 49 ޕޮއިންޓާ އެކުއެވެ. ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ދެ މެޗު މަދުން ކުޅެގެން ވެސް ވަނީ 26 މެޗުން 47 ޕޮއިންޓް ލިބިފައެވެ. ހަ ވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 42 ޕޮއިންޓާ އެކު އެވެ. ޗެލްސީ، ލީގުގެ 10 ވަނައިގައި އޮތީ 27 މެޗުން 38 ޕޮއިންޓާ އެކުއެވެ.
ކޮމެންޓު ފޮނުވާ