ވިލިމާލެއިިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. ގެއްލިގެން ހޯދަމުން ދަނީ ޢާއިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. މިކުއްޖާ ގެއްލިގެން ހޯދަން ފެށީ ރޭ 19:30 ހާއިރުން ފެށިގެންނެވެ.
ޒޯޔާ ހޯދަން ފެށީ އޭނާ ދިރިއުޅޭ ގޭ ކައިރި ހުންނަ ފިހާރައަކަށް ދިއުމަށް ކަމަށްބުނެ ބުނެފައި ނިކުތް ގޮތަށް އާއިލާއަށް އޭނާގެ ޚަބަރެއް ނުވުމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅެެއް ނުވެއެވެ. ނަމަވެސް އާއިލާން ދަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ