މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިޔަކު ހައްޔަރުކުރުމުން އެމްޖޭއޭގެ ކަންބޮޑުވުން

މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިޔަކު ހައްޔަރުކުރުމުން އެމްޖޭއޭގެ ކަންބޮޑުވުން

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2023 02:47
0

ރޭ އިދިކޮޅު ޕްރޮގްރރެސިވް ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިޔަކު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފިއެވެ.

ރޭގެ މުޒާހަރާ ކަވަރު ކުރަމުންދިޔަ ދުވަހު ނޫސް "އަވަސް" ގެ ނޫސްވެރިޔަކު ހައްޔަރު ކޮށްފައިވަނީ އޭނާގެ ކަރުގައި އަވަސްގެ ފާސްވެސް އަޅައިގެން ހުއްޓައެވެ. އެފާހަކީވެސް ފުލުހުންނަށްވެސް އާންމުންނަށްވެސް ފެންނާނޭ ގޮތަށް ބޮޑުކޮށް ޕްރިންޓް ކޮށްފައިވާ ފާހެކެވެ. ނަމަވެސް ދެ ފުލުހަކު ވެގެން އޭނާ ހައްޔަރުކޮށް ގެންދިޔައިރު އެކަމަކަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވެއެވެ.

ނޫސްވެރިޔާ ހައްޔަރު ކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ބުނީ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިންނަށް އާންމު ގޮތެއްގައި ފުލުހުންގެ ފަރާތުން އަނިޔާ އާއި ފުރައްސާރަ ލިބެމުންދިއުމަކީ އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ޖަމިއްޔާ އިން ވަނީ އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލައިފައެވެ.

އިދިކޮޅުން ހިންގާ މުޒާހަރާތަކުގައި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ހިންގާ އެކި ހަރަކާތްތަކުގައި މިއަހަރުގެ މިހާތަނަށް 8 ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާ ކަވަރުކުރާ ނޫސްވެރިން ހައްޔަރު ކުރަމުންދާ މައްސާލަގައި އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައިވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނޫސްވެރިޔާ ހައްޔަރު ކުރި މައްސަލާގައި ފުލުހުން އެއްވެސް އެއްޗެއް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަސަން
ފާސް ގަނޑަކީ ފުލުހުންގެ އަމުރަށް ނުކިޔަމަނ ތެރިވުމަށް ދެވުނު ހުއްދައެއް ނޫން. އެމްޖީއޭ އިންބަޔާން ނެރުނުމީހާ އާދޭތެރޭވެސް ފިޔަވަޅު އަޅަންވީ. ރައްޔަތުންގެތެރޭ ފިތުނައުފައްދާ ފުލުހުންގެ އަގުވެއްޓޭގޮތަށް ފުލުހުންގެ ބަހެއްނުހޯދާ ބަޔާން ނެރުނުކަމުގެ ކުށަށް އަދަބުދޭންވީ.