ޤާސިމް ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރައްވާނީ ވީހާވެސް ގިނަބަޔަކާއިއެކު: ސައުދު

ޤާސިމް ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރައްވާނީ ވީހާވެސް ގިނަބަޔަކާއިއެކު: ސައުދު

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2023 06:51
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމެއް ކާމިޔާބު ކުރައްވަން ނިކުންނަވާނީ ވީހާވެސް ގިނަ ބަޔަކާއިއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ރައީސް ޞާލިހަށް އޮތް ގޮންޖެހުމެއް ނޫންކަމަށާއި، ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން ވަނީ މިއަދު ވިދާޅުވެފައެވެ.

މިއުވާންގެ ވާހަކަތަކާއި ގުޅިގެން ސައުދު ވިދާޅުވީ ކަމެއް ކާމިޔާބު ކުރަން ފުރަތަމަވެސް އޯވާ ކޮންފިޑެންސް ވުމަކީ އެކަމެއް ހަލާކު ކޮށްލާ ކަމެއްކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ކަމެއްވެސް ކާމިޔާބު ކުރަން ނިކުންނަންވާނީ ވީހާވެސް ގިނަ ބަޔަކާއިއެކުގައިކަމަށް ސައިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއިއެކު ކުރިއަށް ދިއުމަށް ބޭނުންވާ ކޮންމެ ބަޔަކަށް އެފުރުސަތު އޮންނާނެކަމަށް ސައުދު ވިދާޅުވިއެވެ.

އޯވާ ކޮންފިޑެންސަކީ އިންސާނާ ހަލާކު ކޮށްލާ ކަމެއް! ޖޭޕީ ލީޑަރު ވިދާޅުވަނީ ކަމެއް ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަ ބަޔަކާއިއެކު ކަމަށް. އެންމެ ބޭފުޅުންނަށް ޖޭޕީއަށް މަރުހަބާ.

– ސައުދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ، މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން ކެންޑިޑޭޓެއް ނެރެފި ނަމަ ދެން ކުރިއަށްދާނެ ގޮތަކާ މެދު މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އަދި ޖޭޕީއާއެކު ވެސް ރައީސް މަޝްވަރާކުރައްވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށެވެ. އެކަމަކު، ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންގެ އިތުރުން ސަރުކާރުގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރާ ބޭފުޅުންނާއި އެކު ސަރުކާރު ހިންގުން ދަތި ވާނެ ކަން މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅަނީ ޢުމަރު ނަސީރު...ޢުމަރު މިފަހަރު ހޮވަންވީ.ކެރޭނެ .ކުރާނެ..ގަޓު ހުންނާނެ...ގައުމު ދީނަށް ސީދާ ކުރާނެ..އަމަން އަމާން ކަން ގެންނާނެ..ބައިތުލްމާލުން ވައްކަން ކޮށްފި ނަމަ ދީނުގައި ހުރި ހުކުމްތައް ތަންފީޒު ކުރާނެ..ގޭންގުތައް ރޫޅާލާނެ..ވިޔަފާރިތައް ދިވެހިންނަށް ހޯދަ ދޭނެ..ގޯތި ގެދޮރު ހަމައްޖައްސަދޭނެ.....މަގޭ ވޯޓު ޢުމަރަށް.
ބ ބިރުބޮޑު
ޤާސިމް ހޮވައިގެން ރަށްޔިތުންނަށް މަންފާއެއް ނުލިބޭނެ މިފަހަރު ހޮވަންވީ ﷲއިރާދަ ފުޅަާއި އެކު ކާނަލް ނާޒިމް ވަރަށް ވަރަށް ސާފް