އެންސްޕާ ހިންގި އިމާރާތަށް ގަލޮޅު ޕޮލިސް ސްޓޭޝަން ބަދަލުކޮށްފި

އެންސްޕާ ހިންގި އިމާރާތަށް ގަލޮޅު ޕޮލިސް ސްޓޭޝަން ބަދަލުކޮށްފި

Author
އަޒްފާ ރަޝީދު
16 މާރޗް 2023 03:59
0

ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބައު އިމާރާތުގެ ބަދަލުގައި ކުރިން އެންސްޕާ ހިންގި ޢިމާރާތަށް ބަދަލުކޮށް އެ ޢިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ގަލޮޅު ޕޮލިސް ކުރިން ހިންގަމުންދިޔައީ އަމީނީމަގުގައި ހުންނަ މާލެހިޔާގައެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި ރަސްމިއްޔާތުގައި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދާއި، ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންގެ އޮފިސަރުން އަދި ބައިވެރިވެވަޑައިގަތެވެ.

ކުރިން އެންސްޕާ ހިންގި ޢިމާރާތުގައި ގަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް ޢިމާރާތް ވަރަށް ބޮޑަށް ބައުވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށްނުވާތީ، ގަަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ ޢިމާރާތެއް ހޯދުމަށް އިޢުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންނެވެ. މި ޢިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ޢިމާރާތުގައި ފުލުހުންގެ ޚިދުމަތް ދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަރހުޑް އޮފިސަރުން އެެއް އިމާރާތަކުން މަސައްކަތްކުރަން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭކާރު
މިހާބޮޑު އިމާރާތެއް މި ބައިގަނޑައް މިދެނީ ކީއްކުރަން، އަހަރެމެންގެ ޓެކްސް ފައިސާއިން މުސާރަދީފަ އަހަރެމެނައް އަނިޔާކުރާ ސަރުކާރު ހިމާޔަތް ކުރަން ގެންގުޅޭ ބައިގަނޑެއް، އަދަބު އަޙުލާގުވެސް ސުމެއް