ޔާމީންގެ އިސްތިއުނާފީ 2 މައްސަލައިގެ ހާޑުކޮޕީ ކޯޓާއި ހަވާލުކޮށްފި

ޔާމީންގެ އިސްތިއުނާފީ 2 މައްސަލައިގެ ހާޑުކޮޕީ ކޯޓާއި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2023 11:59
0

ރައީސް ޔާމީންގެ އިސްތިއުނާފީ 2 މައްސަލައިގެ ހާޑުކޮޕީ ކޯޓާއި ހަވާލުކޮށްފިއެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި، ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

މިދެ މައްސަލައިގެ ތެރެއިން ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން، އެމައްސަލަ އިސްލާހުު ކުރުމަށް ހައިކޯޓުން އެންގިއެވެ. އަދި ކޯޓުން އެންގި ކަންކަން އިސްލާހުކޮށް ހުށަހެޅުމުން ހާޑު ކޮޕީ ހުށަހެޅުމަށް ކޯޓުން ވަނީ އެދިފައެވެ.

މިއާއިއެކު ރައީސް ޔާމީންގެ އިސްތިއުނާފް 2 މައްސަލައިގެ ހާރޑް ކޮޕީ ގެނެސްދެއްވުމަށް އެދުމުން ޕްރިންޓް ކޮށް މިއަދުވަކީލުން ވަނީ ކޯޓަށް އެކޮޕީތައް ހުށައަޅާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުުމެއް އިއްވާފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދައުލަތުން ބުނެފައިވަނީ އާރަށް ކުއްޔަށް ދިން މައްސަލާގައި އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު، 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެ ފައިސާ ދައްކަން ރައީސް ޔާމީންގެ މައްޗަށް ޢަމުރުކުރީ ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަށް ރިޔާޢަތްކޮށެވެ.

މިމައްސަލަގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވާތީ، މިފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހިރާއްޖެ
ބަރަަާބަރު ހުއްކުންމެތި އަދި ވެސް ކުރަން ވީ ކުއްރެވުންނުންލެ މަދިީ
މ މަށޭ
އެބުނާ ޔަާމީން ޢަބްދުލް ޤައްޔޫމުގެ އެކައުންޓަށް މިޔަޔަނުން ބޯކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއާއި، ރިޝްވަތުގެ ގޮތުގައި ނެގި ހަރާމް ފައިސާގެ ތަފުސީލުތައް އެހުރީ އިތުތު ބައެއްގެ ބެކިބަސް ބޭނުންނުވާ ވަރަށްވެސް ފެންނަން. އެއްގޮތަކަށްވެސް ވަގުކަލޭގެ ޖަލުން ނެރެގެންނުވާނެ. އެހެންވެއްޖެނަމަ އެއަށްވުރެބޮޑު ބޭއިންސާފެއް ނޯންނާނެ. އެކަމުގެ އެންމެބޮޑު ދަލީލަކީ ޔާމީން މިނިވަންކުރުމަށް މަގުމައްޗަށް ނިކުންނަނީ ވަރަށްވެސް މަދު މީސްކޮޅެއް.
އަ
އ އަލީ
ހާދަ ކަރުދާހެކޭ
ކ ކޮކަޑި
ކިތަންމެ ވަރެއް އެރުވިއަސް ހުކުމަކީ ހަލާލު ހުކުމެއްކަމަކަށް ނުހެދޭނެ، ތި ކިއާ ބޮޑު ޚިޔާނާތުގެ މޭސްތިރިންނާ ޑީލު ހަދާ އެންމެޮޑު ދެވަގުން ޖަލުންނެރެ އެދެވަގުން ލައްވާ ދޮގުހެކި ދީގެން ކުރާ ހުކުމަކީ ހަމަ ހަރާން ހުކުމެއް، ދެން ކޮން ޖޫރިމަނާއެއްތަ؟ ތިކިއާ ފައިސާއަކީވެސް ހަރާން ގޮތުގާ މިސަރުކާރުން ތަންތަނަށް އަޗާތަޅަން ދާށާ، އަމިއްލަ މުހުތާދުތައް ފުއްދަން ހޯދަން އުޅޭ ފައިސާގަނޑެއް، ތީކީ ގައުމަށް ރައިއްޔަތަކަށް ކަމެއް ކޮށްދޭން ހޯދާން އުޅޭ އެއްޗެއްނޫން، އެހެންނޫންނަމަހީ ކުރީސަރުކާރުން ދައުލަތުގެ ޚަޒާނާއަށް އެއްކުވައްވާފާ ހުރި ފައިސާގަނޑާ އެކި ގައުމުތަކުން މިގައުމަށް އެހީގެ ގޮތުގާ ދޭ ފައިސާގަނޑާ ފަތުރުރުވެރިކަމުން ގައުމަށް ލިބޭއެތައް އާމުދަނީއަކުން ގައުމަށް އަގުހުރި ލާބަހުރި ބިޔަ ބޮޑެތި މަޝްރޫއެއް ހިނގުނީސްތާ.! ބަދަރެއް ހަދާލުން ނަރުދަމާއެއް އެޅުން މަގުތަކުގާ ފަސްފުނިތަކެއްޖަހާލުން އެއީ އަދި ގައުމެއްގެ ތަރައްގީ ކަމަކަށް ނުބަލާނެ، ކިރިއާވެސް އާރުލާކަމެއް މިހާރުވެސް ފެންނަމުންދަނީ ރޔާމީން ސަރުކާރުގަ ފަށާފަ ފައިސާދައްކާފަ ހުރި މަޝްރޫއުތައް ރެބަން ކަނޑާލުމުން، އެންމެ ކުޑަވެގެން އިއްޔެ ތިހުޅުވި އެއަރޕޯޓަކީވެސް ރޔާމީންގެ އަގުހުރި ގައުމީޚިދުމަތެއް، ދެން ވެރިކަމެއްފޭލިވާނީ މިހާކަވަރަށް ނޫންބާ! މިވަރުވީމާ ދެންރަނގަޅުވާނީ ސަލާމްބުނެފާ ގެއަށް ދިއޭމާ، އިސްތިއުފާދެއްވާފަ ރީތިގޮތުގާ ނިންމާލެއްވީމާ.!