އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމަށް ބޮޑު ޕަސެންޓެއް ޖަހައިގެން ތިއްބާ އެމްޑީޕީއާއިއެކު ކޯލިޝަން ނަހަދަން ނިންމުމުން ހިތައް ވަރަށް އަސަރުކުރާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އޭނާގެ އެޑްވައިޒަރު ނަވާޒް މެމްބަރު ރާއީއަށް ރައްދު ދެއްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ރާއީ ވަނީ ޖުމްހޫރޯ ޕާޓީން އެމްޑީޕީއާއިއެކު ކޯލިޝަން ނަހަދައި ވަކިން ވާދަކުރަން ނިންމުމުން ކަންބަޅި ކަތިލާ އުސޫލުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ބޭފުޅުން ވަކި ކުރެއްވުމުގެ ކުރިން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އޭނާގެ ވާހަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ.
ރާއީގެ ވާހަކަތަކަށް ރައްދު ދެެއްވައި ނަވާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބޮޑު ޕަސެންޓެއް ދީގެން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް އުންމީދު ކުރިމީހުން މިއަދު ހިތަށް ވަރަށް އަސަރު ކުރާނެކަމަށެވެ. ހިސާބު ޖައްސަވައިގެން ތިއްބާ ކުއްލިއަކަށް ލީޑަރު ޤާސިމް ފެޔަށް ޖެހިލުމުން ހިތައް ކުރާނެ އަސަރު އެގޭކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ތިޔަ ހިތަށްކުރާ އަސަރު އިހުސާސް ކުރެވޭ. އެހެންތާ ވާނީ މިއޮތް ހުރިހާ ދުވަހު ޖެއްސެވި ހިސާބުގައި ޤާސިމަށް ބޮޑު ޕަސެންޓެއް ޖައްސަވައިގެން ތިތިބީ. ލީޑަރު ގެއްލިގެން ދިއުމުން ހަމަ ހިތައް ވަރަށް ތަދުވާނެ. މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު.
– ނަވާޒު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ވަކި ކުރައްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ރާއީ މިހެން ވިދާޅުވިއިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވިދާޅުވީ މިހާރު އޮތީ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ވެފައިވާ އެއްބަސްވުންތަކާއިއެކު އެކުލަވާލާފައި އޮތް ކޯލިޝަން ސަރުކާރެއް ކަމަށެވެ. މިސަރުކާރުގައި ހިމެނޭ ޕާޓީއަކުން އެޕާޓީއެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ނިންމާ ނިންމުމަކުން ވަޒީފާތަކުގައި ތިބި އެޕާޓީއެއްގެ ބޭފުޅުން ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދައުރު ނިމެންދެން ކޯލިޝަންގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ދެމި ތިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.