މިއަދު ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ.
— Miuvaan Mohamed (@MvSpokesperson) March 14, 2023
ހޯމަދުވަހު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސާފައެވެ.
ޓެސްޓް ފްލައިޓް ޖައްސާފައިވަނީ ހޯމަދުވަހު ހަވީރު 17:28 ގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482. މިއީ، ޑޭޝް 8 – 300 މަރުކާގެ ބޯޓެކެވެ.
ޓެސްޓް ފްލައިޓްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުހައްމަދު އަސްލަމްވަނީ އެރަށަށަށް ވަޑައިގެންފައެވެ. މިނިސްޓަރުގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފަރ އާއި ރީޖަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީވެސްވަނީ އެރަށަށް ވަޑައިގެންފައެވެ.
އެ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުނިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށެވެ.
ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ. ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅާއިރު، އެ އަތޮޅު ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގައެވެ.