ހެންވޭރު ސަހަރާ ކައިރި، އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ މަރުވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.
ފުލުހުން ބުނީ އިމާރާތަކުން ވެއްޓުނީ 32 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާ ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. އާއްމުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ. ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ ދަންވަރު މާލޭގެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. ރޭވެސް ނިޔާވީ ހެންވޭރު ގެއަކުން ވެއްޓުނު ކުޑަ ކުއްޖެކެވެ.
އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ