މުހިންމު ތިން ޕޮއިންޓާއެކު ސިޓީން ފަރަގު ކުޑަކޮށްފި

މުހިންމު ތިން ޕޮއިންޓާއެކު ސިޓީން ފަރަގު ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2023 10:03
0

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު މެންޗެސްޓާ ސިޓީން ކުޑަކޮށްފިއެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި ސިޓީގެ ހަމައެކަނިި ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އާލިން ބްރައުޓް ހާލަންޑްއެވެ. މިއީ ސިޓީގެ ޖަރުމަނު މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން އަށް އޭރިއާތެރެއިން ކްރިސްޓަލް ޕެލަސްގެ މައިކަލް އޮލީސޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މިއީ ހާލަންޑް މި ފަހަރު ލީގުގައި ޖެހި 28 ވަނަ ގޯލެވެ.

މި މޮޅާއެކު ސިޓީއިން ވަނީ އެއްވަނައިގައި އޮތް އާސެނަލްއާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ސިޓީ ކުޅުނު 26 މެޗުން 63 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތްއިރު ކުޅުނު 27 މެޗުން ލިބުނު 61 ޕޮއިންޓާއެކު މެންޗެސްޓަ ސިޓީން އޮތީ ތާވަލުގެ ދެވަނައިގައެވެ.

ލީގުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ބްރައިޓަންއާ ލީޑްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި އެވަޓަން އިން ވަނީ 1-0 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.