ޗެލްސީއަށް މުހިންމު މޮޅެއް

ޗެލްސީއަށް މުހިންމު މޮޅެއް

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2023 09:59
0

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ވަރަށް ބޮޑަށް ފޯމު ދަށްވެފައި އޮތް ޗެލްސީން ވަނީ ރޭ ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ، ޖެހިގެހިގެން ތިން ވަނަ މެޗުން ކާމިޔާބު ހޯދައި ހަމަޔަކަށް އެޅިފައެވެ. އެ ޓީމު 37 ޕޮއިންޓް ހަމަކުރި ނަމަވެސް އަދިވެސް އޮތީ 10 ވަނައިގައެވެ. ސީޒަނުގެ ކުރީކޮޅު ތޯމަސް ޓުޗެލް ވަކިކޮށް، ކޯޗުގެ މަގާމަށް ގްރަހަމް ޕޮޓާ ގެނެސް ޗެލްސީން ނަތީޖާ ރަނގަޅު ކުރި ނަމަވެސް ފަހުން ވަރަށް ބޮޑަށް އަޑިއަޅާލީއެވެ. އެކަމަކު މިހާރު ހަމަޔަކަށް އެޅި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ވަނީ ޖާގަ ހޯދައިފައެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ބެން ޗިލްވެލްގެ ލަނޑުން ޗެލްސީ ލީޑު ނެގިއެވެ. އެކަމަކު 39 ވަނަ މިނެޓުގައި ޕެޓްސަން ޑަކާގެ ލަނޑުން ލެސްޓާ އެއްވަރުކުރިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު ޗެލްސީ އަށް އަލުން ލީޑު ނަގައިދިނީ ކައި ހަވާޓްޒްއެވެ. އަދި 78 ވަނަ މިނެޓުގައި ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މަޓެއޯ ކޮވަސިޗްއެވެ. މެޗުގެ ފަހުކޮޅު ލެސްޓާގެ ވޫޓް ފައެސް އަށް ވަނީ ރަތްކާޑު ދައްކައިފައެވެ.

މިއީ އުނދަގޫ ހާލަތަކަށްފަހު ޗެލްސީން ވިދިވިދިގެން ހޯދި ތިންވަނަ މޮޅެވެ. ޗެލްސީ އޮތީ ތާވަލްގައި 37 ޕޮއިންޓާއެކު 10 ވަނާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.