ހިޔާ ސަރަހައްދުގެ ވަޒީފާތަކަށް، ބޮޑު ތަރުހީބެއް!

ހިޔާ ސަރަހައްދުގެ ވަޒީފާތަކަށް، ބޮޑު ތަރުހީބެއް!

ހިޔާ ފްލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސަޕޯޓް ސްޓާފުން ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޭއްވި އޯޕަން ޑޭއަަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއީ ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ކުރިއަށްގެންދާ އޮޕެން ޑޭ އެކެވެ.

މި އޮޕެންޑޭ ފެށީ މިއަދު ވަނީ 16:00 ގައެވެ. އަދި ހަވީރޔ 16:00 އާ ހަމައަށް ކުރިއަށްދިޔައިރު، މިރޭ 20:00 – 22:00 އަށް ކުރިަށް ދާނެއެވެ. މި އޮޕެންޑޭ ކުރިއަށް ދަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައެވެ. މިއަދު ފެށި އޯޕަން ޑޭގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފުންނަށް ވަޒީފާ ވަނީ ހުޅުވާލައިފައެވެ. އެ ދެ މަގާމަށް ވެސް މުސާރައިގެ ގޮތުގައި 10،500ރ. ވަނީ ހަމަޖައްސައިފައެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު ސެކިއުރިޓީ ބަލަހައްޓަމުންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވެ އެވެ. އެހެން ނަމަވެސް ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިންނެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އޮޕެންޑޭ އަށް ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އަދި އިތުރު ދުވަހެއްގައި މި ހަރަކާތް ބޭއްވުމަށް ވިސްނުން ގެންގުޅެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *