އއ.އުކުޅަހުގައި ހުރި ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މިމީހާ، ހުރީ އެރަށު ނަލަވެލި ވިލާ ގެސްޓް ހައުސްގައެވެ. މިއަދު މިމީހާ ޕޮޒިޓީވް ވުމާއި ގުޅިގެން އޭނައާއި ދިމާވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި، ރަށު މަރުކަޒާއި، ކޯވިޑް-19 ގެ ޓާސްފޯސް ކޮމިޓީން ދަނީ ކުރަމުންނެވެ.
މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުވް ވަނީ އިލްތިމާސް ކޮށްފައެވެ. މިއީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 2 ވަނަ މީހާއެވެ.
ކޮމެންޓު ފޮނުވާ