ބްރޭކްއަޕަކީ ތަފާތު އިހުސާސްތައް އުފައްދައިދޭ ކަމެކެވެ. ބައެއް މީހުން މި އިހުސާސްތައް ފާޅުކުރާއިރު، ބައެއް މީހުން އިސްކަން ދެނީ އިހުސާސްތައް ހިފަހައްޓައިގެން އެތެރެއަށް ހިންދާލުމަށެވެ.
ގިނަ ދުވަސް ތަކެއް ވަންދެއް އެކުގައި އުޅުމަށް ފަހު ގުޅުމަކަށް ނިމުމެއް އަންނަ އިރުގައި އެއީ ވަަރަށް ވޭންދެނިވި ކަމެއް ކަމުގައި ބުނެވިދާނެއެވެ. ކޮންމެ އަކަށް ދެމީހެއް ލޯބިން އުޅުމަށްފަހު ވަކިވާ ވަކި ވުމަކީ ވަރަށް ވެސް ހިތާމަ އެކުލެވިގެންވާ ކަމެކެވެ.
ބްރޭކަޕްގެ އިހުސާސް އެކި މީހުންނަށް ކުރެވެނީ އެކި ވަރަށެވެ. ބައެއް ފަހަރަށް އަންހެން މީހާ މިވޭނުގައި ގިނަދުވަހު އުޅޭ ފަހަރު އާދެއެވެ. އަދި ހަމަ އެހެންމެ ބައެއް ފަހަރު ފިރިހެނުން މި ވޭނުން އަރައި ނުގަނެވި ދދުނިޔެ މަތިން ފޫހިވެ އެރަށް ދުވަހެއް މި ކަމުގައި ތަހައްމަލު ކުރެއެވެ. މީ އާންމު މީހާގެ ބުންދިން ގަބޫލު ކުރެވޭ ގޮތެވެ.
ނަމަވެސް ސައިންސްވެރިން ގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ބްރޭކްއަޕަށް ފަހު ހިތުގައި ރިއްސުމާއި ހިތާމަކުރުމާއި ކަރުނައިގެ ދުވަސްތަށް އަނަހެނުންނަށްވުރެ ބޮޑަށް ފިރހެނުންގުނައެވެ. އަނަހެނުންނަށް ވުރެ މި ހިތާމަ ތަކާއި ހިތްހަލާކުވެގެން ގިނަ ދުވަހުގައި އުޅެނީ ފިރިނުން ކަމަށް ދިރާސާ އިން ދައްކައެވެ.
އާ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ފިރިހެނުންނަށް އެންމެ އުނދަގޫ ކަމެވެ. މި އާ ދިރާސާއިން ދައްކާ ގޮތުގައި ރިލޭޝަންޝިޕްއެއް ރޫޅުމަކީ ފިރިހެނުންނަށް ނަފްސާނީ ގޮތުން އިތުރު ވޭންތަކެއް ލިބޭ ކަމެކެވެ.
އަންހެނުންނަށް ވުރެ ފިރިހެނުން ނަފްސާނީ ގޮތުން ގުޅުންތަކަށް ހޭދަކުރާ މިންވަރު މަދު ކަމަށް ޒަމާނުއްސުރެ ދެކެމުން އައި ނަމަވެސް ބްރޭކްއަޕަށް ފަހު އަންހެނުންނަށް ވުރެ ހަގީގަތުގައި ފިރިހެނުންނަށް ނަފްސާނީ ވޭން ތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުންބުނެއެވެ.
ނަމަވެސް މީގެ މާނައަކި އަނަހެނުންގެ ހިތުގެ ރިހުމާއި ހިތްހަލާކު ނުވުމެއް ނޫނެވެ. ހަމަޔަގީނުން ވެސް މިކަމާއި ދެކޮޅު ހަދާނެ ގިނަ ބަޔަކު ތިބުމަކީ ނުވެ ނުދާނެ ކަމެކެވެ. ހިތް ހަލާކުވެ އެވޭނުގައި ކިހާ ދުވަހަކު އުޅުނިންކަން ބުނެވޭ ވަރުގެ ފިރިހެނަކު އެބަހުރި ހެއްޔެވެ.؟