ނަޝީދުގެ ވެރިކަމުގައި ދިން ސަބްސިޑީ އިއާދަކުރުމަށް ގޮވާލާ ޤަރާރެއް!

ނަޝީދުގެ ވެރިކަމުގައި ދިން ސަބްސިޑީ އިއާދަކުރުމަށް ގޮވާލާ ޤަރާރެއް!

Author
ޢަލީ އާދަމް
06 މާރޗް 2023 10:49
0

ރައީސް ނަޝީދުގެ ވެރިކަމުގައި ދަނޑުވެރިންނަށް ދޫކުރި ސަބްސިޑީ އިއާދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެެމްބަރު ހުސެއިން ފިރުޝާނެވެ. ފިރުޝާނަކީ މިހާރު ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ. އޭނާ ހުށަހެޅުއްވި ޤަރާރު ބަލައިގަނެ އެގަރާރުގެ ފުރަތަމަ ކިއުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާފައިވެއެވެ.

އެޤަރާރުގައި ވަނީ ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ސީދާ ދަނޑުވެރިންގެ އަތަށް ސަބްސިޑީ ލިބުނު ކަމަށެވެ. އެއީ ދަނޑުވެރިކަމުގެ ބޭހާއި އެހެނިހެން އާލާތްތައް ގަތުމަށް ދިން ސަބްސިޑީއެއްކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅުކަމަށެވެ. އަދި އެއާއެކު ދަނޑުވެރިކަމުގެ ރަނގަޅުވެ ދަނޑުވެރިންނަށް މަންފާކުރިކަމަށެވެ.

ނަޝީދުގެ ވެރިކަން ނިމުމާއެކު އެ ސަބްސިޑީ ހުއްޓުނުކަން ފާހަގަކޮށް އެޤަރާރުގައި ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އެ ސަބްސިޑީ އިއާދަކުރައްވާނެކަމަށް ވައުދުވެޑައިގެންފައިކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަން ކުރައްވާފައި ނުވާކަމަށް ޤަރާރުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.