ފޭކް ޓްރާންސްފާރ ސްލިޕްއެއް ފޮނުވިކަމަށް ތުހުމަތުކުރެވޭ 3 މީހަކު ހޯދަނީ

ފޭކް ޓްރާންސްފާރ ސްލިޕްއެއް ފޮނުވިކަމަށް ތުހުމަތުކުރެވޭ 3 މީހަކު ހޯދަނީ

Author
އަޒްފާ ރަޝީދު
05 މާރޗް 2023 07:08
0

ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ ފްރީޑަމް މޯބައިލް ސަރވިސްއިން ސަރވިސް ކުރި ފޯނަކަށް އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ތިން މީހަކު ހޯދަން ބޭނުންވެ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

އެ ގޮތުން އެ މީހުން ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.