ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ: އެމްޓީސީސީ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ: އެމްޓީސީސީ

Author
އަޒްފާ ރަޝީދު
05 މާރޗް 2023 06:53
0

ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަަސައްކަތުގެ %71 ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ވެސް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުއަކީ 18.39 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ.

އަދި 138,247 އަކަ މީޓަރުގެ ހިއްކި ސަރަހައްދު ލެވެލް ކުރުމަށާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 100 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.