ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ބުލް ބުލައްޔާގެ ތިންވަނަ ބައިގެ ޓީޒާ ކޮޅެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށް ފިލްމް އަންނަ އަހަުރ ފެނިގެންދާނެ ކަނަ ކަށަވަރު ކޮށްދީފިއެވެ.
އަންނަ އަހަރު ގެނެސްދޭ މި ފިލްމުގައި ލީޑު ރޯލު ކުޅޭނީ ދެވަނަ ބައިގައި ވެސް އުޅުނު ކާތިކް އަރިޔަން އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހަރުގެ ފިލްމް އިން ވެސް ކިއާރާ އަދުވާނީ އާއި ތާބޫ ފެނިގެންދާނެއެވެ. ނަމަވެސް މި ފިލްމް އާއި ބެހޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަ ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ތިންވަނަ ބައި ސިނަމާގައި އަޅުވާނީ އަންނަ އަހަރު ދިވާލީގައި ކަމަށް ކާތިކް ވަނީ ބުނެފައިއެވެ.
"ބޫލް ބުލައްޔާ 2″ އަކީ މިދިއަ އަހަރުގެ ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ކާމިޔާބުވި މަދު ފިލްމް ތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމްއެވެ. ކުރީ ފިލްމް އެކޭ އެއްފަދައިން މި ފިލްމް ވެސް ނެރެން ހަމަ ޖެހިފައވަނީ ޓީ ސީރީޒްގެ ކުޑައިގެ ދަށުންނެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ އަނީސް ބާޒްމީ އެވެ. އަދި ޕްރޮޑިއުސް ކުރާނީ ބުޝާން ކުމާރެވެ.
މި ހޮރޯ ކޮމެޑީ އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. "ބޫލް ބުލައްޔާ 2″ އަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަން 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލްއާ އެކު ގެނެސްދިން ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކްއެލް އެވެ.