ޗެލްސީން ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

ޗެލްސީން ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2023 09:12
0

ޗެލްސީން ލީޑްސް ޔުނައިޓެޑް ބަލިކުރުމުން ކޯޗު ޕޮޓާގެ ޕްރެޝަރަށް ލުޔެއް ލިބިއްޖެއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން އުނދަގޫ, ހަނި މޮޅެއް ހޯދީ 1-0 ން ކުރިހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ 53 ވަނަ މިނިޓްގައި ފޮފަނާއެވެ. މިއީ ޕްރިމިއަރ ލީގުގައި ފޮފަނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ޗެލްސީން މޮޅެއް މިހޯދީ މެޗުގެ ކުރިން ކުޅުނު 15 މެޗުގެ ތެރެއިން އެންމެ މޮޅެއް ލިބި ކޯޗާއި, މުޅި ޓީމްވެސް ޕްރެޝަރުގައި ވަނިކޮށެވެ. މެޗުން މޮޅުވިޔަސް ޗެލްސީ އޮތީ ތާވަލްގައި 10 ވަނައިގައެވެ. އެއީ 34 ޕޮއިންޓާއެކުއެވެ. ލީޑްސް ޔުނައިޓެޑް އޮތީ 17 ވަނައިގައެވެ.

ލީގުގައި ވުލްވްސް ވަނީ 1-0 ން ޓޮޓެންހަމް ބަލިކޮށް 13 ވަނައަށް ޖެހިލާފައެވެ. ބްރައިޓަން، ވެސްޓް ހޭމް އަތުން މޮޅުވީ 4-0 ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.