ލީގު ރޭހުގައި ސިޓީއަށް މުހިންމު މޮޅެއް

ލީގު ރޭހުގައި ސިޓީއަށް މުހިންމު މޮޅެއް

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2023 09:06
0

އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީއާއި ނިއުކާސަލް ބައްދަލުރި މެޗު 0-2ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އެތިހެޑް ސްޓޭޑިއަމް ގައި ކުޅުނު މި މެޗުގައި މިހާރު ތާވަލުގެ ފަސް ވަނައިގައި އޮތް ނިއުކާސަލްއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މިމެޗުގައި ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 15ވަނަ މިނެޓުގައި ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. އޭރިޔާގެ ބޭރުން ރޮޑްރީ ދިން ބޯޅައެއް ހިފައިން ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށްވަދެ، ހަތަރު ކުޅުންތެރިން ނެއްޓުމަށްފަހު ކާމިޔާބުކޮށްދިން ގޯލާއެކު ޓީމުގެ ކޯޗު ޕެޕް ގާދިޔޯލާ ބުނި "ޑައިމަންޑް" ފެނިގެން ދިޔައެވެ.

ދެވަނަ ހާފްގައި ދެވަނަ ގޯލް ޖެހީ ބާނާޑޯ ސިލްވާއެވެ. އޭނާ ލަނޑު ޖެހީ ކުޅެން ނިކުތްތާ ދެވަނަ މިނިޓްގައެވެ. މެޗުގައި ލަނޑެއް ނުޖެހުނަސް ދެވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ހާލާންޑެވެ.

މިމޮޅު ޚާއްޞަވާ މުޙިއްމު ކުޅުންތެރިއަކީ ކީޕަރު އެޑާސަންއެވެ. މިއީ އޭނާ ސިޓީގައި, ޕްރިމިއަރ ލީގުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓި 100 ވަނަ މެޗެވެ. މިމޮޅާއެކު ސިޓީން ވަނީ 26 މެޗުން 58 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތީ 5 ޕޮއިންޓްގެ ފަރަގެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.