ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ނަމުގައި ފޭކު ލިންކްތަކެއް އާންމުންނަށް ފޮނުވަމުންދާތީ ސަމާލުވުމަށް އެކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެޗް.ޑީ.ސީން ބުނީ، އެކޯޕްރޭޝަންގެ ނަމުގައި ފޭކް ލިންކުތަކާއެކު ބައެއް މީހުންނަށް މެސެޖުތަކެއް ލިބެމުންދާކަން އެނގިފައިވާކަމަށެވެ. އެއްވެސް ބޭނުމެއްގައި އެކޯޕަރޭޝަނުން އެފަދަ އެއްވެސް މެސެޖެއް ނުފޮނުވާނެކަމަށާ، މިފަދަ މެސެޖުތަކާމެދު ސަމާލުވުމަށް އެޗް.ޑީ.ސީން އިލްތިމާސްކުރެއެވެ.
މިކޯޕަރޭޝަންގެ ނަމުގައި އާންމު ފަރާތްތަކަށް ފޮނުވަމުންދަނީ ސައްޙަނޫން މެސެޖުތަކެއް.
ސަމާލުވެލައްވާ! pic.twitter.com/Ko1FbQfcYz
— HDC (@hdcmaldives) March 3, 2023
އޮޅުވާލައިގެން މަކަރާއި ޙީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަކީ ފަހަކަށް ބޮޑުވެފައިވާ ކަމެކެވެ. މިކަން ކުރާ މީހުން އެކި ނަންނަމުގައި މީހުންނަށް ލިންކުތަކާއި މެސެޖު ފޮނުވުން އެއީ ޢާންމުކަމެކެވެ.