އައްބާސްގެ ޝަރީއަތް މާދަމާ ފަށަނީ

އައްބާސްގެ ޝަރީއަތް މާދަމާ ފަށަނީ

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2023 01:03
0

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފިއެވެ.

އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

މީގެ އިތުރުން އޭގެ ޖެހިގެން އައި ދުވަހު ޢައްބާސް ޢާދިލް ރިޒާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

ޕީޖީން ކޮށްފައިވާ ދައުވާ އައްބާސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާ ހައިކޮމިޝަން ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި އައްބާސް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަންނި
މިސަރުކާރަށް ކުރެވޭނީ އަމާ ހަންދާން