ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ހާއްސަ ބާބަކިއު ސަރަހައްދެއް

ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ހާއްސަ ބާބަކިއު ސަރަހައްދެއް

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2023 09:31
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް އެޗްޑީސީން ގާއިމުކޮށްދީފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި ބާބަކިއު ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެ ކޯޕަރޭޝަނުގެ ފަރާތުން ބާއްވާފައިވާ ކަމުގައެވެ. މިއަދު ހަވީރު ކުރިއަށް ދިޔަ އެ އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ ސަރަހައްދަށް ތަރައްގީ ގެނައުމަކީ އެ ކޯޕަރޭޝަނުގެ އަމާޒު ކަމަށެވެ.

ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.