މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޝާހިދު، އިންޑިއާގެ މިނސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވުނު މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި ދެޤައުމުގެ މެދުގައި ޤަވައިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޖަޔަޝަންކަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
Always a pleasure to meet my dear friend Minister @DrSJaishankar.
Applauded him for India’s inclusive approach to G20 Presidency.
Reflected on the #MaldivesIndiaPartnership and discussed on further advancing our collaboration in areas of mutual interest. pic.twitter.com/wl10iZWQtK
— Abdulla Shahid (@abdulla_shahid) March 3, 2023
މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖަޔަޝަންކަރު ވަނީ ދެޤައުމުން ވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިނިސްޓަރ ޝާހިދު މިހާރު ގެންދަވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ