ރެއާލް ދަނޑުގައި މޮޅުވެ ބާސެލޯނާ ފެންވަރު ދައްކާލައިފި

ރެއާލް ދަނޑުގައި މޮޅުވެ ބާސެލޯނާ ފެންވަރު ދައްކާލައިފި

ގުޅުންހުރި

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގައިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން ރެއާލް މެޑްރިޑްގެ ދަނޑު ސަންޓިއާގޯ ބާނަބައުގައި އެ ޓީމު އަތުން ބާސެލޯނާ އިން 1-0 އިން މޮޅުވެއްޖެއެވެ.

މި ނަތީޖާއާ އެކު، މެއި ހަ ވަނަ ދުވަހު ކުޅޭ ފައިނަލުގެ ޖާގައެއް ހޯދަން ބާސެލޯނާ އިން އަންނަ މަހުގެ ފަސް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލް މެޗުގެ ދެ ވަނަ ލެގުގައި ރެއާލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސައިލެވޭނެއެވެ. ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލް އަނެއް މެޗުގައި ބައްދަލުކުރަނީ އޮސަސޫނާ އާއި އެތުލެޓިކް ބިލްބާއޯއެވެ. ފުރަތަަމަ ލެގުގައި އޮސަސޫނާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބިލްބާއޯ ބަލިކޮށްފައެެވެ.

މި މެޗު އެންމެ ޚާއްސަވި ކުޅުންތެރިޔަކީ ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްްސް އެވެ. އެ މެޗާއެކު އޭނާ ވެގެން ގޮސްފައި ވަނީ އެލްކްލެސިކޯ ގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ. އެއީ 14 މެޗެވެ. މީގެ ކުރިން އެންމެ ގިނަ ކްލެސިކޯ މެޗު ކުޅެނީ ކުރިން ބާސެލޯނާ އަށް ކުޅުނު އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ރެއާލަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. އެއީ 45 މެޗެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމަށް ލިބުނު ބައްޔަކީ ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

އަނެއް ކޮޅުން މި މެޗުގައި ރެއާލަށް ވަނީ ބާސެލޯނާ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވެފަ އެވެ. މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑަކީ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ފޮނުވާލި ބޯޅަ އެއް މިލިޓާއޯގެ ފައިގަ ޖެހި ގޯލަށް ވަދެގެންނެވެ.

މި މޮޅާއެކު ބާސެލޯނާ އިން ވަނީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އޭޕްރިލް މަހުގެ ހަ ވަަނަ ދުވަހު ބާސެލޯނާގެ އަމިއްލަ ދަނޑުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ