އެފްއޭއެމް ފައުންޑޭޝަންގެ މައްސައްކަތުގެ އެމްބެސެޑަރަކަށް ޝާހު އާއި އައްްސަދު

އެފްއޭއެމް ފައުންޑޭޝަންގެ މައްސައްކަތުގެ އެމްބެސެޑަރަކަށް ޝާހު އާއި އައްްސަދު

ގުޅުންހުރި

މިއަދު ލޯންޗްކުރަން ނިންމާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ މައްސަކަތްތައް ކުރިއަށް ގެންދިއުމުގައި އެމްބެސަޑަރުންގެ ގޮތުގައި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯއްދަވާފައިވާ ޝާހު ވަނީ ފަހުން ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ދާއިރާގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވުމުގެ އިތުރުން މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް ފެނިގެންދިޔައެވެ. ފަހުން މިދިޔަ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ޝާހާއި އައްސަދު ހަމަޖައްސައި އިއްޔެ ކޮންޓްރެކްޓް ހަވާލުކުރިއިރު، ފައުންޑޭޝަން މެދުވެރިކޮށް މި ދެ ކުޅުންތެރިން ފުޓްބޯޅައިގެ އެކި މަސައްކަތްތަކުގައި ބައިވެރިވާނެ އެވެ.

ގައުމީ ޓީމަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން އައްސަދު ކުޅުން ހުއްޓާލުމަށް ފަހު އެފްއޭއެމްގެ އިތުރުން ކްލަބްތަކުގައި ވެސް ވަނީ ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ އައްސަދު ވަނީ 23 އަހަރުން ދަށުގެ ޓީމަށް އޭއެފްސީ ކޮލިފައިން އެއްގައި އިރުޝާދުދީފައެވެ. އައްސަދު މިިދިޔަ ސީޒަނުގައި ވަނީ ދެ ވަނަ ޑިވިޝަނުގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފައެވެ.

އޭއެފްސީގެ އެހީއާ އެކު ކުރިއަށްގެންދަން ރާވާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ މަގުސަދަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގެ މަސައްކަތްތައް ކުރަން ވަކި ޕްރޮގްރާމެއް ބާއްވާ ބައިނަލްއަގުވާމީ ގުޅުންތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ޕްރޮމޯޓްކުރުމާއި ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ކުރުމެވެ.

އެފްއޭއެމްގެ ފައުންޑޭޝަން ލޯންޗް ކުރުން އޮންނާނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *