ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ބޭނުމަކީ ކޮބާ؟

ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ބޭނުމަކީ ކޮބާ؟

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2023 03:40
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޔުނިފައިޑް ކޮމިއުނިކޭޝަންސް ސެންޓަރަކީ މަރުކަޒީކޮށް އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ސެންޓަރެކެވެ.

ފުލުހުންގެ ޚިދުމަތުން ޔުނިފައިޑް ކޮމިއުނިކޭޝަންސް ސެންޓަރު ހިންގަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުއްލި ހާލަތްތަކުގައި އެކަށީގެންވާ ޚިދުމަތެއް ދިނުމަށް އެތަނަކަށް ފުލުހުން ފޮނުވުމާއި ފޯނުން ޖަވާބު ދިނުމުގެ ބޭނުމުގައެވެ.

ހަފްތާގެ ހަތްދުވަހު ސައުވީސް ގަޑިއިރު ދެމުންދާ މި ޚިދުމަތުގެ ސަބަބުން، ރައްޔިތުންނަށް ދިމާވާ އެކިއެކި ހާދިސާ އަދި ކާރިސާތަކުގެ އިތުރުން ދިމާވާ މައްސަލަތަކުގައި މުއާމަލާތުކޮށް ވަގުތުން ވަގުތަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދެއެވެ.

އަދި މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އެއްވެސް ބައެއްގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވުމުގެ ކުރިން، ޕެޓްރޯލްމަނުން އެތަނަކަށް ފޮނުވައި އެކަން ވިޔަނުދީ ސީ.ސީ.ޓީވީ މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމާއި، މި ޚިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާ މައްސަލަތައް ލަސްނުކޮށް ވީއެންމެ އަވަސް ފުރުސަތެއްގައި އެ މައްސަލައަކާ ގުޅޭ ޑިޕާޓްމަންޓަކާ މައްސަލަ ހަވާލުކުރުވައި ހައްލުކުރުމަށް މި ސެންޓަރުން މަސައްކަތް ކުރަމުންދެއެވެ.

އޭގެ އިތުރުން، އެކި ބޭނުންތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުވާ މީހުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންނާ އެންމެ ފުރަތަމަ ބައްދަލުކޮށް މުއާމަލާތުުކުރުމާއި އެހީތެރިވެދިނުން ފަދަ ކަންތައްތައް ކޮމިއުނިކޭޝަން ސެންޓަރުގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުން ކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.