މިދިއަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ2″ ގެ ތިންވަނަ ފިލްމް އެއް ހަދާނެ ކަން މިދިއަ އަހަރުގައި ވަނީ އިއުލާން ކޮށްފައިއެވެ. އަދި ފިލްމް ބެލުންތެރިނަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގައި ކަމަށް ވަނީ ބުނެފައިއެވެ. ނަމަވެސް މިހާރު ފލްމް އަޅުވާ ދުވަސް ވަނީ އަވަސް ވެފައިއެވެ.
އެގޮތުން މި ފިލްމް އަންނަ އަހަރުގައި ބެލުންތެރިންނަށް ގެެނެސްދިނުމަށް ނިންމައިފައިވާ ކަމަށް ފިލްމް އުފައްދާ ފަރާތުން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ. ނަމަވެސް އަދި މި ފިލްމްގެ މަސައްކަތެއް ނުފަށައެވެ.
3 ވަނަ ފިލްމް އިން ވެސް ފެނިގެންދާނީ ޒުވާން އެކްޓަރު ކާތިކް އާރިޔާން ކަމަށްވެއެވެ. އަދި ފިލްމްގައި ތާބޫ އާއި ކިއާރާވެސް ހިމަނާފައިވާ ކަމަށް މައުލޫޟާތު ލިބެއެވެ. ކުރީ ފިލްމް އެކޭ އެއްފަދައިން މި ފިލްމް ވެސް ނެރެން ހަމަ ޖެހިފައވަނީ ޓީ ސީރީޒްގެ ކުޑައިގެ ދަށުންނެވެ.
މި ހޮރޯ ކޮމެޑީ އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. "ބޫލް ބުލައްޔާ 2″ އަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަން 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލްއާ އެކު ގެނެސްދިން ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކްއެލް އެވެ.
ކޮމެންޓު ފޮނުވާ