ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓް އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
ރޭ ދަންވަރު 12:00 އިން ފެށިގެން ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް އައިސްފައިވާކަން ވަނީ ފާހަގަވެފައެވެ. މީގެ ކުރިން، މީގެ ހަ މަސް ކުރިންވެސް މޯލްޑިވިއަން އިން ވަނީ ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައެވެ.
މި ބަދަލުތަކާ ގުޅިގެން ހުރިހާ ސަރަހައްދު ތަކަށް ކުރާ ދަތުރުތަކުގެ އަގުވެސް ބޮޑު ކޮށްފައިވާ ކަމަށް ސޮބާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކާޑެއްދޫއަށް 180 ރުފިޔާ ބޮޑު ކުރީ، އެހެނިހެން ތަން ތަނަށް 70 ރުފިޔާ ބޮޑުކޮށްފައި ވާކަމަށެވެ.
މޯލްޑިވިއަންގެ އަގުތައް ދޭތެރެއަކުން ބޮޑު ކުރަމުން ގެންދެއެވެ. ތެލުގެ އަގު ބޮޑުވާއިރަށް ފިއުލް ޗާޖު ބޮޑުކޮށްގެން ޓިކެޓުގެ އަގު ބޮޑުކުރުމަކީ މޯލްޑިވިއަން އިން ކުރާ ކަމެކެވެ. މީގެ ކުރިން މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކޮށްފައި ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ފިއުލްސަރޗާޖް ބޮޑު ކުރުމުންނެވެ.
އްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެވަޑައިގަންނަވާފައިވާ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޖެނުއަރީ 2019ގައި ޑޮމެސްޓިކް ޓިކެޓުގެ އަގުތަކުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން %30-25 ހެޔޮކުރިއެވެ. އެގޮތުން އެވްރެޖުކޮށް ދެކޮޅު ޓިކެޓަކުން 835ރ. އަގު ހެޔޮވިއެވެ.
ނަމަވެސް ފަހުން ވަނީ އަގުތައް ކުރިއަށް ވުރެ ވެސް ބޮޑުކޮށްފައެވެ. ސާވިސް ޗާޖަށް ބަދަލު ގެނައުމުގެ ކުރިން ވެސް ފަހަކަށް އައިސް މޯލްޑިވިއަން އިން ޓިކެޓް ގަންނަން ލިބޭވަރު 2018 ވަނަ އަހަރު ޓިކެޓް ގަންނަން ލިބުނު ވަރަށް ވުރެވެސްބޮޑެވެ.