ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އައުމަށްވުރެ އިންޓަރެސްޓްހުރީ މިޤައުމުގައި ތެދުވެރިވާން ކަމަށާއި، ރައީސްކަމަށް އައުމަށް މަދުވާ އެއްވެސް އެއްޗެއް ނެތްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ޤާސިމް ވާހަކަފުޅުގައި ރާއްޖޭގެ ވެރިކަން ޑިމޮކްރެޓިކް މިސްރާބަކަށް ގެންދިއުމަށްޓަކައި ދީދާލި ދީދާލުމުގެ މައްޗަށް ވާހަކަ އަމާޒުކުރެއްވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުނަށް އެމަނިކުފާނަށް ލިބިހުރި މަދަދުވެރިކަމަކާއި އެހީތެރިކަމެއް އޭގެ އެންމެ ތަނަވަސް މިނުގައި ފޯރުކޮށްދެއްވުން ކަމަށެވެ.
ޤާސިމް ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ޤައުމަށް ވަފާތެރި ކަމާއިއެކު ޚިދުމަތް ކުރުމަށް ކަމަށެވެ. މިހާތަނަށް ވިޔަފާރީގައި ކުރެއްވި ކޮންމެ ކަމެއްވެސް ކުރެއްވީ ޤައުމަށް ހެޔޮގޮތް ހޯދުމަށް ކަމަށާއި، ލިބުނު އެއްޗެއްގެ 60 އިންސައްތަ ހޭދަކުރީ ޤައުމާއި ރައްޔިތުންގެ ލާބައަށް ކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ތައުލީމާއި، ސިއްޚީ ދާއިރާ، އިޤްތިޞާދީ ދާއިރާއަށްވެސް ހޭދަކޮށްފައިވާނީ މިމަގުސަދުކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އީސުލްޖުމްހޫރިއްޔާގެ މަޤާމަށް އައުމަށްވުރެ އިންޓަރެސްޓްހުރީ މިޤައުމުގައި ތެދުވެރިކަމާ އެކުގައިކަމަށެވެ. ރައީސްކަމަށް އައުމަށް ވަކި އިންޓްރެސްޓް ހުރެގެން ހޯދަންވީ އެއްޗެއް ނޯންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވަންތޯ ފުރިފަހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ދުވަހަކުވެސް. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އައުމަށްވުރެ އަޅުގަނޑުގެ އިންޓަރެސްޓްހުރީ މިޤައުމުގައި ތެދުވެރިކަމާއި، އިޚުލާސްތެރިކަމާއިއެކު ކުރެވޭ މަސައްކަތްތަކަކަށް، ތަރުހީބުދީ އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމުމަށް. އަޅުގަނޑު ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންނަން މަސައްކަތް ކުރަންވީ ކޮން މަގުސަދެއްގައިތޯ. ކޮބައިތޯ ކޮއްޗެއްތޯ އަޅުގަނޑަށް ނެތީ. އައިމްނޮޓް ކްރޭޒީ. އައިމްސޮރީޓުސޭ ދިސް.
– ޤާސިމް ވިދާޅުވިއެވެ.
އާ ގާނޫނު އަސާސީން ބޭއްވި ރިޔާސީ ތިން އިންތިހާބުގައި ވެސް ވާދަކުރައްވި ނަމަވެސް ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައިވާ ގާސިމްގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ވަނީ، އެ ޕާޓީގެ ކެންޑިޑޭޓަކު ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން 2023 ގެ ރިޔާސީ އިންތިހާބަށް ވާދަ ކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ