ޤައުމުގެ ސަލާމަތާ ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ކީއްކުރާ ވެރިއެއްތޯ: ނާޒިމް

ޤައުމުގެ ސަލާމަތާ ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ކީއްކުރާ ވެރިއެއްތޯ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2023 08:45
0

ޤައުމެއްގައި ސަލާމަތާ ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ވެރިޔަކު ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވިދާޅުވެ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ރައްދެއް ރައީސް ޞާލިހަށާއި، މިސަރުކާރަށް ދެއްވައިފިއެވެ.

އެމްއެންޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު ފެންނަނީ ރާއްޖޭގެ އިޖްތިމާއި ފޭރާން ވީދިފައި އޮތް މަންޒަރު ކަމަށެވެ. މި ފަހުން ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލި ހާދިސާއާއި ފަތުރުވެރިއަކު ރޭޕްކޮށްލި މައްސަލައާއި މެދު ވާހަކަ ދައްކަވަމުން މުޙައްމަދު ނާޒިމް ވިދާޅުވީ އާއިލާއާ އެކު ގޭގައި މަޑުކޮށްލައިގެން ހުންނައިރު ހިތުގައި ބިރުވެރިކަން އުފެދޭ މިންވަރަށް ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

ކަންބޮޑުވާން ޖެހޭ ހިތާމަކުރަން ޖެހޭ ޒުވާނުން ފެށިގެން މުސްކުޅިމީހާއާ ދޭތެރޭގައި ވިސްނަން ޖެހޭ.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަށް ނަފާ ލިބެންއޮތް ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުވެގެންދާތަން ބަލަން ތިބެގެން ނުވާނެކަމަށެވެ. މުސްތަޤުބަލާއި މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިކަންކަން ހިނގަނީ ކޮންބައެއްގެ އިހުމާލުންތޯ ސުވާލު އުފައްދަވައި ޕާޓީގެ ރައީސް ވިދާޅުވީ އެކަމުން އަރައިގަނެވޭނެ ގޮތްތައް ހޯދަން އެބަޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަކަށް ނޭގޭނެ ހިނގާފައިދާއިރު މާދަމާ އަޅުގަނޑުމެންނަށްވާނީ ކިހިނެއްތޯ. އެ ބިރުވެރިކަމުގެ ތެރޭގައި އުޅޭކަށް ނުވާނެ. ހަތަރުލައްކަފަންސާސްހާސް މީހުން އުޅޭ ޤައުމެއްގައި ސަލާމަތާ ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ކީއްކުރާ ވެރިއެއްތޯ.

– ނަޒީމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފުލުހުންގެ ވެބްސައިޓުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން މުހައްމަދު ނާޒިމް ވިދާޅުވީ އެއްވެސް ފަސްޖެހުމެއް ބިރެއްނެތި ކުށްކުރަމުން ދަނީ މުއައްސަސާތަކާއި ހަވާލުވެގެން ތިބި ފަރާތްތަކުގެ ނާގާބިލުކަމުން ކަމަށެވެ. ދައުލަތުގެ ކޮންމެ އަހަރަކު އެތައް ފައިސާއެއް ސަލާމަތީ ބާރުތަކަށް ހޭދަކުރާއިރު ނަތީޖާ ނުފެންނަ ސަބަބަކީ ހަވާލުވެގެން ތިބި މީހުންނަށް އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭތީ ކަމަށް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ. އަދި ދެއްވި ޔަގީންކަމަކީ އެމްއެންޕީގެ ވެރިކަމެއްގައި މުއައްސަސާތަކަށް އައްޔަންކުރަނީ ގާބީލު ތައުލީމީ ބޭފުޅުންކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޅު
ނާޒިމް ހޭބަލިވީތޯ. ރާއްޖެެއަށްވުރެ ވަސީލަތްތައްމާ ތަނަވަސް ހޭލުންތެރި ތަހުޒީބު ގައުމުތަކުގަވެސް މިޒާތުގެ ކަންކަން ހިނގައެވެ. ނާޒިމު ޑިފެންސް މިނިސްޓަރަކަށް ހުއްޓައެއް ނޫންތޯ ޑރ. އަފްރާޝީމް ގަތުލު ކޮށްލީ. ކިތައްމީހުންގެ ލޭ މާލޭތެރެއަށް އެއިރު އޮހިގެން ދިޔަތޯ.