ޓޮޓެންހަމް އަތުން ބަލިވެ ޗެލްސީ އުދަނގޫ ފައްތަރަކަށް

ޓޮޓެންހަމް އަތުން ބަލިވެ ޗެލްސީ އުދަނގޫ ފައްތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ބަލިވެ، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އިތުރު ޕްރެޝަރަކަށް ވައްޓާލައި އެ ޓީމުގެ ސީޒަން އުނދަގޫ ފައްތަރަކަށް ގޮސްފިއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ ދެ މެޗުންނެވެ. ގަދަ ހަތަރެއް ހޯދުމުގެ ފުރުސަތު ޗެލްސީ އަށް ފަނޑުވަމުން އަންނައިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައިނުވެއްޖެނަމަ އެ ޓީމުން މާލީ ގޮތުން ކްލަބްގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭނ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީގެ ހަކީމް ޒިޔެޗަށް ދެއްކި ރަތް ކާޑެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ. ޒިޔެޗަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާއެއް ދިން ކަމަށް ބަލައިފަ އެވެ. އެކަަމަކު، ވީއޭއާރް އިން ބަލާފައި، ނިންމީ އެއީ ރީނދޫ ކާޑެއް ކަމަށެވެ.

ޓޮޓެންހަމް އިން ރޭގެ މެޗުގައި ލީޑުނެގީ ދެ ވަނަ ހާފްގެ ކުޅުން ފެށިތާ މިނިޓެއްގެ ތެރޭގައި އޭރިއާބޭރުން އޮލިވާ ސްކިޕް ޖެހި ގޯލުންނެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ޗެލްސީ ޑިފެންޑަރުން ކައިރިން ގޮސް އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތުގައި ޖެހިފައެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ޓޮޓެންހަމް އިން ވަނީ 81 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ކޯނަރެއްގައި ސޮން ހެއުން މިން ނެގި ބޯޅައެއް އެރިކް ޑަޔާ ޖައްސާލުމުން އޭރިއާތެރެއިން ހެރީ ކޭން ހަމަޖެހިލާފައި ޖެހި ގޯލެކެވެ. މިއީ ކޭން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި 20 ވަނަ ގޯލެވެ. ކޭން މި ވަނީ ޖެހިޖެހިގެން ނުވަ ސީޒަނުގައި މަދުވެގެން ކޮންމެ އަހަރެއްގައި 20 ލަނޑު ޖަހައިފައެވެ.

މި މެޗުން ބަލިވެ، ލީގުގެ ގަދަ ހަތަރެއްގައި ނިންމުމުގެ ފުރުސަތު ޗެލްސީ އަށް ވަނީ ހަނިވެފައެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް އަށް 25 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ 10 ވަނައިގައި އޮތީ 24 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *