ލީގު ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑަށް ފަނޑުވެއްޖެ

ލީގު ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑަށް ފަނޑުވެއްޖެ

ގުޅުންހުރި

ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެއެވެ.

ލީގުގައި ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގައެވެ. ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، އެންމެ އެކަށީގެންވާ ގޮތުގައި ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ ފަހު ކޮޅުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެތުލެޓިކޯ އިންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ހޯސޭ ހިމެނޭޒްއެވެ. އެއީ ބޮލުން ޖަހައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ރެއާލް ސަލާމަތްކޮށްދިނީ 85 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ އަލްވާރޯ ރޮޑްރިގޭޒްއެވެ. އެއީ ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ.

މެޗު އެއްވަރުވުމުން ރެއާލަށް ވަނީ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ކުޅުނު 23 މެޗުން ރެއާލަށް ލިބެނީ 52 ޕޮއިންޓެވެ. ރެއާލަށް ވުރެ މެޗެއް މަދުން ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އޮތީ 59 ޕޮއިންޓާއެކު އެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ. 10 ޕޮއިންޓަށް ފަރަގު ބޮޑުކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އެބަ އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ