ޑރ.ޢިޔާޒު ޤާސިމަށް: ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ހަމަޖެހުން އިސްކުރަންޖެހޭ!

ޑރ.ޢިޔާޒު ޤާސިމަށް: ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ހަމަޖެހުން އިސްކުރަންޖެހޭ!

ތިމާގެ އަމިއްލަ މަސްލަޙަށްވުރެ ޤައުމުގެ ހަމަނުޖެހުން އިސްކުރަންޖެހޭކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުޙައްމަދު އިޔާޒް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާމެދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަން އެޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުނު ޤަރާރު ފާސްވުމާ ގުޅިގެން ޑރ.އިޔާޒް ވަނީ އެކަމަށް އިޝާރާތްކުރައްވައި ޖޭޕީއަށް އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޑރ.އިޔާޒް ތުހުމަތުކުރައްވާފައިވަނީ ޖޭޕީން އެމްޑީޕީއާ ފެޔަށް ޖެހެނީ އެމްޑީޕީގެ ޕްރައިމެރީން ނާކާމިޔާބުވި އެޕާޓީގެ ރައީސް ނަޝިދުގެ ބާރު އެޅުއްވުމުގެ މަތިންނެވެ. ޑރ.އިޔާޒަކީ ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތާޢީދުކުރައްވާ ބޭފުޅެކެވެ.

ޖޭޕީގެ ކޮންގްރެސްގެ ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ، ޤާސިމް އިބްރާހީމަކީ މޮޅު ވިޔަފާރިވެރިއެއްކަމަށެވެ. އަދި އެތައްބައިވަރު ދިވެހި ރަޢްޔިތުންނަަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ދީލަތި ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ދެފަހަރުމަތިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން ކާމިޔާބުވެވަޑައިނުގެންނެވިކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންނަކީ ކުރިން ދެފަހަރު ޤާސިމް ހޮވުނަ ނުދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ފަރާތްތައްކަމަށް ޑރ.އިޔާޒް ތުހުމަތުކުރެއްވިއެވެ. އަދި އެއީ ނިމިގެންދިޔަ، އެމްޑީޕީގެ ގެރިޔާސީ ޕްރައިމަރީގައި ފެއިލްވި ކެނޑިޑޭޓާއި އޭނާގެ ބައިވެރިންކަމަށާ، އެއީ 2008 ގައި އުފެދުނު ސަރުކާރުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަހުގެ ތެރޭގައި ޤާސިމް އިބްރާހީމް އިސްތިޢުފާ ދެއްވަން މަޖްބޫރު ކުރުވި ބޭފުޅުންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ އުންމީދަކީ މިފަހަރުވެސް ޤާސިމަށް ކާމިޔާބުވެއްޖެނަމަ އެފަދަ ޙާލަތެއް މެދުވެރިކުރުވާ އަލުން ވެރިކަމާއި ޙަވާލުވުންކަމުގައި ޑރ.އިޔާޒް ތުހުމަތުކުރެއްވިއެވެ. 

ހިޔާލުފާޅު ކުރައްވާ!

8 Responses

  1. ދެން އެއްދައުރު ހަމަކުރި މީހާވެސް ތިގޮތައް ވިސްނާފަ ފަހަތައް ޖެހެންވީނޫންތޯ އަބަދުވެސް ފަހަތައް ޖެހެންވީ ވަކިބަޔަކުތޯ

  2. އަދާލަތު ޕާޓީގެ ދީނީއިލްމުވެރިއާ ޑޮކުޓަ އިޔާޒު އަމިލަ އެދުމެއްނެތި ތޯ މިސަރުކާރައް މިތާއިދު ކުރެއްވީ މުޅިއަދާލަތު ޕާޓީ އޮތީ މިސަރުކާރައް ވިކިހުސްވެފަ އެހެންމިބުނީ އެތައް އިލްމުވެރިން ތަކެއް މިސަރުކާ ޖަލައް ލީމާވެސް އެކަމައް އަގަހޮޅުވާ ލަންނުކެރުނު ބަޔަކުއެހެން މީހުންނައް ގައުމުގެ ނައްސަހަތައް ބަލާވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ އަދާލަތު ޕާާޓީއަކީ ސިންގަލްކޮއް އޮވެ މިގައުމުގަ ހިގާ ދީނާ ޙިލާފު ކަންކަން ހުއްޓުވުމައް އޮންނަން ވީބައެއް އަދާލަު ޕާޓީއަކީ މިގައުން
    އިސްލާދީން ފުހެލަން މަސައްކަތް ކުރާޕާޓީއެއް ކަމައްބެލެވޭ

  3. ޤާސިމްގެ އެކަނި މައްޗައްތަ އެކަން ވާޖިބުވަނީ. ވެރިކަމާއިގެން އުޅޭ އެންމެން އުޅެނީ ހަމަ އަމިއްލަ އެދުން ބޮޑު ކޮށްގެން. ޥޯޓުލާން ވީމަ ރައްޔިތުން ރައްޔިތުން. ޥެރިކަން ލިބި މަޤާމް ތައް ލިބުނީމަ ރައްޔިތު މީހާ ކަމަކަށް އެދިގެން އަޔަސް ބޮލާލާ ޖަހަނީ.

  4. އެންމެ އުފާވާނީ މިގައުމުގެ ސިޔާސީ މަސްރަހުން އަދޭލަތޭ ކިޔުނު މުނާފިގުންނާ މޯހުނަށް ސުވަރުގެ ބިނާކޮށްދޭން އުޅޭ ސިޔާމް ބައިގަޑު ބޭތުކޮށްލެވުނީމަ. މި 2 ބައިގަޑުވެސް މީ އަމިއްލަ މަސްލހަތަށް ގައުމު ވިއްކާ އަމިއްލަ ޖޯބު ބޮޑުކޮށް ހައްގުޖުވާ މަގާމު ހޯދައިގެން ދައުލަތުގެ ބަޖެޓު ކައްވށލަން އުޅޭ 2 ބައިގަޑު

Leave a Reply

Your email address will not be published. Required fields are marked *