ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މިހާރުގެ ސަރުކާރުގެ ޓްރާންސް ޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ނުސީދާކޮށް ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީޕާޓީން މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީއާ ވަކިން އަމިއްލައަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ވަނީ މިހާރު ބެލިވިފައެވެ. ރޭ އެޕާޓީގެ ޤައުމީ ކޮންގްރެސްއަށް މިކަމާގުޅޭގޮތުން ހުށަހެޅި ޤަރާރުވަނީ ފާސްވެފައެވެ. އެއީ ކޮންމެހެން ޢަމަލުކުރަން ލާޒިމް ޤަރާރެއް ނޫނެނެވެ. އެހެންނަމަވެސް ރޭ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އެޕާޓީގެ ކޮންގްރެސް މަންދޫބުންގެ ޖުމުލަ ވާހަކަތަކާއި ރުޙު ހުރުގޮތަށް ބަލާއިރު ޖޭޕީން ވަކިން ވާދަކުރާނެކަމަށް ބެލެވެއެވެ. މިކަމާމެދު ފަހުގެ ނިންމުން ނިންމާނީ ޖޭޕީގެ ކައުންސިލުންނެވެ. ކައުންސިލްގެ ގިނަ މެމްބަރުންގެ ވިސްނުން ހުރީ ކޯލިޝަން ނުހަދައި ވަކިން ނުކޖުރުންކަމަށް ބެލެވެއެވެ.
މިކަމަށް އިޝާރާތްކުރައްވައި ސައުދުއްﷲ ކުރެއްވި ޓްވިޓެއްގައިވަނީ މިޤައުމަށް އެންމެފައިދާ ބޮޑު ގޮތަކީ މަހުޖަނުން ކިބައިން ސަރުކާރުގެ މަތިފަޑި ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުންކަމަށެވެ.
" ތަޖުރިބާ ކުރެވި، ހިތިރަހަ ލަމުން ގޮސް އޭގެ ރަހަ މިވަނީ ރައްޔިތުންނައްވެސް ފޯރާފަ.، ބަައެއް މުވަށްޒަފުންނައް އެތާގެ ވެރިޔަކީ ކާކުކަމެއް ނޭގި 5އަހަރު އެބަނިމޭ. ދެރަވަރު;!" ސައުދުﷲ ވިދާޅުވެފައިވެއެވެ.
މިޤައުމަށް އެންމެފައިދާ ބޮޑު ގޮތަކީ މަހުޖަނުން ކިބައިން ސަރުކާރުގެ މަތިފަޑި ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުން:ތަޖުރިބާ ކުރެވި 'ހިތިރަހަ ލަމުން ގޮސް އޭގެ ރަހަ މިވަނީ ރައްޔިތުންނައްވެސް ފޯރާފަ'!ބަައެއް މުވަށްޒަފުންނައް އެތާގެ ވެރިޔަކީ ކާކުކަމެއް ނޭގި 5އަހަރު އެބަނިމޭ.ދެރަވަރު;!
— Saudulla Ahmed (@saudullaahmed1) February 26, 2023
ސައުދުﷲ އަޙްމަދަކީ ކުރިން ޖެޕީގެ މެމްބަރެކެވެ. އޭނާއާ ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރ ޤާސިމްގެ އަނބިކަނބަލުން ޢާއިޝަރު ނަޙުލާއާ ޚިޔާލު ތަފާތުވެ އޭނާ އަންނަނީ އެކަމަނާހެ ހިންގުންތެރިކަމާމެދު ސުވާލު އުފައްދަވަމުންނެވެ. އަދި ފަހުން ޖޭޕީން ވަކިވެ އޭނާވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ