ކޯލިޝަން ހެދުމާއި ދެކޮޅު ގަރާރު ފާސްކުރުމަށްފަހު، ޖޭޕީން އުފާފާޅުކުރީ ޑާންސް ކުރުމާއި ލަވައިން

ކޯލިޝަން ހެދުމާއި ދެކޮޅު ގަރާރު ފާސްކުރުމަށްފަހު، ޖޭޕީން އުފާފާޅުކުރީ ޑާންސް ކުރުމާއި ލަވައިން

Author
ހުސެއިން
26 ފެބްރުއަރީ 2023 07:05
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސް އިން ގަރާރު ފަސްކުރުމަށްފަހު، ގައުމީ ކޮންފަރެންސަށް ހާޒިރުވީ ފަރާތްތަކުން، ލަވަ ކިޔުމާއި ނެށުމުގައި އުފާފާޅު ކޮށްފިއެވެ.

ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، ރޭ ކުރިޔަށްދިޔަ ޖޭޕީގެ ކޮންގްރެސްއަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހު، ކޮންފަރެންސްގެ އިއްތިފާގުން ވޯޓު ދީގެންނެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ނެހެދުމަށް ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ގަރާރެއް ފާސްކޮށްފައި މިވަނީ، އެޕާޓީއާއެކު ކޯލިޝަން ހެދުމަށް، ރައީސް ސާލިހު ސިޓީއަކުން އެދިލައްވާފައި ވަނިކޮށެވެ.

ރޭގެ ގަރަރާރަށް ބަހުސް ކުރި އެޕާޓީގެ މެމްބަރުންގެ ތެރެއިން، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވަނީ، ޖޭޕީގެ ސްލޮޓުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ސަމީރު އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވެސް ވާހަކަ ދައްކާފައިވަނީ ގަރާރަށް ތާއީދުކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ސްލޮޓުގައި ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކޮށެވެ.

މި ގަރާރަށް ވޯޓަށް އެހުމުން، އެވަގުތު ގައުމީ ކޮންފަރެންސްގައި ބައިވެރިވަމުންދިޔަ 400 އަށްވުރެ ގިނަ މެމްބަރުންވަނީ މިގަރާރަށް ތާއީދުކޮށް ވޯޓު ދީފައެވެ.

އެހެންނަމަވެސް، ބޮޑު ތާއީދަކާއެކު ގަރާރު ފާސްވުމަށްފަހު، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވީ، ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސް އިން ނިންމި ނަމަވެސް އެ ގަރާރަކީ އެމައްޗަށް އަމަލުކުރުން އެޕާޓިގެ ކައުންސިލަށް މަޖުބޫރު ގަރާރެއް ނޫންކަމުގައެވެ.

އަދި ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ފާސްކުރި ގަރާރު އެޕާޓީގެ ކައުންސިލާހަމައަށް ގެންގޮސް ދެއްވާނެ ކަމުގައެވެ.

މިހަރު، ގަރާރަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން، އަޅުގަޑުމެންގެ ކައުންސިލް އޭގެމައްޗަށް ބައިންޑިންގވާ، އެހެންްގޮތަކަށް ބުނަންޏާ، އަމަލުކުރަން މަޖުބޫރު އެއްޗެއް ނޫންކަން. އެކަން ހަނދުމަފުޅު ބަހައްޓަވައިގެން، އެހެންނަމަވެސް، މިކޮންގްރެސްގެ ވަޑައިގެންނެވި އިއްޒަތްތެރި މެމްބަރުންގެ ވަރަށް ތަނަވަސް އަޢުލަބިއްޔަތަކުން، އަޢުލަބިއްޔަތުން ނޫން، މާފްކުރައްވާ! އިއްތިފާގުން ފާސްކޮށްދެއްވީ އެ ގެންދިއުމަށްޓަކާ ކަމަށްވާތީ، އަޅުގަޑު ހަމަ ގައިމުވެސް، އެކަން، އެވާޖިބު އަދާކުރުމަށްޓަކާ އަޅުގަޑުމެންގެ ކައުންސިލާ ހަމައަށް ގެންގޮސް ދޭނަން.

ގައުމީ ކޮންފަރެންސްގެ ބޮޑު ތާއީދަކާއެކީ ފާސްކުރި ގަރާރަށްފަހު، ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ޖޭޕީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ގައުމީ ކޮންފަރެންސް ގަރާރެއް ފާސްކުރީ، ރިޔާސީ އިންތިހާބުގައި އެޕާޓީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، ރޭ އޮތް ކޮންފަރެންސްގެ އިވެންޓަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހުއެެވެ. މި ގަރާރަށް ތާއީދުކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ ޝާހްއެވެ.

އަބްޅޯ ހުށަހެޅި ގަރާރުގައި އެދިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެ އިންތިހާބުގައި ވާދަކުރުމަށެވެ. ގަރާރުގައި ބުނެފައިވަނީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު އެކަން ކުރެއްވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަން ލިބިވަޑައިގަތުމުން ޖޭޕީއާ މެދު އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރް ފާސްވެފައި ވަނީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިޤަރާރަށް ކުރި ބަހުސްގައި ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ފިޔަވައި ދެން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވަނީ ޖޭޕީން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކޮށްފައެވެ. ސަމީރު ތާއީދު ކުރެއްވީ އެމްޑީޕީއާއި ކޯލިޝަން ހެދުމަށެވެ. ޖޭޕީ މިހާރު އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގައެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ، ވާދަވެރި އިންތިޚާބަކާ ނުލާ، އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިހާބުކޮށްފައެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.

ޤާސިމް ރޭ ވިދާޅުވީ ކައުންސިލުން ގޮތް ނިންމާއިރު މި ޤަރާރު ކައުންސިލަށް ހުށަހަޅުއްވައި މިކަމަށް ރިޢާޔަތް ކުރައްވާނެކަމަށެވެ. ރޭ ހުށަހެޅުނު ގަރާރަށްފަހު، އެޕާޓީގެ ގައުމީ ކޮންފަރެންސްގެ ބައިވެރިންވަނީ، ގަރާރު ފާސްވުމުން، އިވެންޓު އޮތް ހޯލުގައި އަތްޖަހާ، ނަށާ، އުފާ ފާޅުކޮށް ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.