ތަޖުރިބާ ނެތް މީހުން ކޯޓުތަކަށް އައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް: ހައިލަމް

ތަޖުރިބާ ނެތް މީހުން ކޯޓުތަކަށް އައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 08:53
0

ރާއްޖޭގެ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅުން އައްޔަން ކުރައްވަމުންދަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަކި ގޮތަކަށް ހުކުމް ކުރުމަށް ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިމިނަލް ކޯޓުގެ ޤާޒީކަމަށް އައްޔަން ކުރެއްވި ޞަފްޢަތު އަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކޮއްކޮއެކެވެ. ޞަފްއަތަށް ކްރިމިނަކް ކޯޓުގެ ފަނޑިޔާރުކަން ދެއްވާފައިވާއިރު، ރާއްޖޭގައި ތަޖުރިބާހުރި، ޝަރުޢީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅުން މިއަދުވެސް ގޮތް ހުސްވެފައި އެބަތިއްބެވެ.

ޞަފްއަތު މިމަޤާމަށް އައްޔަން ކުރުމާއި ގުޅިގެން ކުރިމިނަލް ކޯޓުގެކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމް ވިދާޅުވީ ޞަފްޢަތަށް ޤާޒީކަން ދެއްވީ ތަޖުރިބާގެ ގޮތުން އެއްވެސް ވަރަކަށް ބަލާފައި ނޫންކަމަށެވެ. އޭނާއަށް މަޤާމު ދެއްވާފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކޮއްކޮއަކަށް ވުމުންކަމަށެވެ.

ކްރިމިނަލް ކޯޓަަށް އައްޔަން ކުރެވުނު ފަރާތަށް އެމަޤާމު ލިބުނީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮއަކަށްވީތީ. އެއީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތުކުރި ފަރާތެއް ނޫން. ތަޖުރިބާނެތް މީހުން ކޯޓުތަކަށް ޢައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ޙުކުމް ކުރުވަން.

– ހައިލަމް ވިދާޅުވިއެވެ.

ޖޭއެސްސީން ކުރިމަތިކުރުވި ފިއްތުންތަކާއިކު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ހައިލަމް ދަނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާއި އަދި ޖޭއެސްސީ މެދުވެރިވެގެން ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ކުރައްވަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މިއަދު ޝަރުއީ ދާއިރާއަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖޭއެސްސީކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނުއްސުގެ ފަނޑިޔާރުކަމުގެ މަޤާމާއި، މެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުންދިޔަ އެތައް ބޭފުޅުންނަށް އެކި ތުހުމަތުތައްކޮށް މަޤާމުން ވަކިކުރަމުންނެވެ. ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު މިއަދު އިންތިހާއަށް ވަދެ، ޝަރުއީ ދާއިރާއާއިމެދު ރައްޔިތުންގެ އިތުބާރު ވަރަށްބޮޑަށް ކުޑަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.