ޖުމުހުރީ ޕާޓީގެ ގައުމީ ކޮންފަރެސް 2023

ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ޤަރާރުވެ ބަހުސް މިރޭ 9:30 ގައި

ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ޤަރާރުވެ ބަހުސް މިރޭ 9:30 ގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ލަފާދޭން ގަރާރުގެ ބަހުސް މިރޭ 9:30 ގައި ފެށުމަށް ނިންމަިއފިއެވެ.

ގަރާރަށް ބަހުސް ކުރުމަށް ނިންމާފައިވަނީ މިހާރު ގުނަމުންދާ ވޯޓުގެ ކަންކަން 1 ގަޑިއިރަށް މެދު ކަނޑާލުމަށްފަހުއެވެ. ރިޔާސީ އިންތިޚާބާއި ގުޅޭ ޤަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު (އަބުޅޯ) އެވެ. ގާސިމް ޗެއާކުރައްވާ މި ގަރާރުގެ ބަހުސާ މެދު ގޮތެއް ނިންމުން މިރޭ އޮންނާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ފަޅިން ވަނީ ބުނެފައެވެ. އަދި އެކަމުގެ މަޝްވަރާއަށް ރައީސް ސޯލިހުގެ ވަފްދެއް ވަނީ ގާސިމާ މި ހަފްތާގެ ތެރޭގައި ބައްދަލުކުރައްވައިފައެވެ.

ނަމަވެސް ކޯލިޝަން ހެދުމާ މެދު މިހާތަނަށް ޕާޓީއިން އެއްވެސް ގޮތެއް ނިންމާފައިނުވެއެވެ. އެ ނިންމުން ނިންމާނީ ކޮންގްރެސްއަށް ފަހު ޕާޓީގެ ކައުންސިލުން ކަމަށް ބެލެވެއެވެ.

ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފައެވެ. ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ތިބީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ނިންމާ ގޮތެއްގެ އިންތިޒާރުގައެވެ.

އިލެކްޝަންސްގެ ދަފުތަރުގައިވާ ގޮތުން ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. މިދިޔަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި 17913 (ސަތާރަހާސް ނުވަސަތޭކަ ތޭރަ) މެންބަރުން ތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *