ބަދަލެއް ނައިސް މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ހޭރިޔާ 2023″ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން ފެށުނީއްސުރެއް މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ބަދަލުވަމުންދާ ސިޔާސީ މަޝްރަހުގައި އިސްލާމީ އިސްލާހީ ކުލަ ޖެއްސުމަށް ކަމަށެވެ. އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް ރަޖިސްޓްރީ ކުރެވުނު ޕާޓީކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ ޝަރުއީ އިސްލާހީ މަސައްކަތެއްގެ މައްޗަށް ކަމަށެވެ.
އެދެވަހުން ފެށިގެން ބަދަލެއް ނައިސް އެއްގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީއޭ ބުނުމަކުން ގޯހަކަށް ނުވާނެ ކިތަންމެ ޕޮއިންޓެއް އަޅުގަނޑު ސާބިތުކޮށްދޭނަން.
– އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ޕާޓީގެ ލީޑަޝިޕު ބަދަލުވުމުން ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް އަދި ޕާޓީއިން ގަބޫލުކުރާ ހަމަތައް ބަދަލުވެގެން ނުދާ ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ. އަދާލަތު ޕާޓީ ފިޔަވާ ދެން އެންމެ ރަނގަޅަށް އޮތީ އަދާލަތުން އެ ޕާޓީއަކާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ލީޑަޝިޕަށް އައި ބަދަލުތަކާއެކު އެ ޕާޓީއަށް އައި ބަދަލުތައްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
#Live #Heyriya23
ނާއިބު ރައީސް އަލްފާޟިލް އިޔާދު ޙަމީދުގެ ވާހަކަފުޅުދެއްކެވުން pic.twitter.com/VKKp8NNOaq— Adhaalath Party (@AdhaalathOffice) February 25, 2023
ދެން އިމްރާން ސުވާލުކުރެއްވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީތައް މިއަދު އޮތް ހާލަތާމެދުއެވެ. އެގޮތުން ފުރަތަމަ އުފެދުނު އޭރުގެ އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ކޮބައިތޯ ސުވާލު އުފައްދަވާ އިމްރާން ވިދާޅުވީ، އޭގެ ފަހުން އުފެދުނު 17 ވަރަކަށް ޕާޓީއާއި އެ ޕާޓީތަކުގެ ލީޑަރުން މިހާރު ފެންނަން ނެތް ކަމަށެވެ.
އަދާލަތު ޕާޓީގައި ފުރަތަމަ ރައީސަކު ހުންނެވިކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މިއަދު ރައީސަކަށް ހުންނެވީ އޭނާ ކަމަށާއި އެހެންނަމަވެސް އަދާލަތު ޕާޓީގެ އުސޫލަކަށް ސިޔާސަތަކަށް ބަދަލެއް ނާންނަ ކަމަށެވެ.
One Response
ދައްކާނެ ވާހަކައެއް ނެތީތަ ބުރާންޗާ. ތިޕާޓީގަ ތިބީ ކަލޭމެން މުޅިން ވަގައް ވއްދާފަ ތިބި މީހުން.