މާލޭގެ ފިހާރައަކަށްވަދެ މިރޭ ހިންގި މާރާމާރީއެއްގައި ފިރިހެނެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ފިހާރައަކަށް ވަދެ މީހަކަށް ތޫނު އެެއްޗަކުން ހަމަލާދީފައި ވާތީ، ހާދިސާ ހިނގި ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާވި ފިރިހެން މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ރައްދުވި މީހާގެ އުނަގަނޑުގައި ވެސް ވަޅިއެއް ހަރުކޮށްފައި އޮންނަ ތަން ފެނެއެވެ. އެހެންކަމުން މިއީ ދެ ގޭންގެއްގެ ދޭތެރޭގައި ހިނގި ހަމަނުޖެހުމެއް ކަމަށް ބެލެވެއެވެ.
ހަމަލާ ދިން ކްރާސާ ފިހާރައިގެ ކޭޝިއަރު އެވަގުތު ވަނީ ސަލާމަތް ވާން ވެގެން ކުރިމަތީގައި ހުރި މަރުހަބާ ފިހާރައަށް ވަދެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެސް އޮތީ ހަބަރު ހުސްވެފައެވެ.
ކޮމެންޓު ފޮނުވާ