ހުޅުމާލޭ "ޖޫސް ޓައިމް" އަށް މަރުތޭލާއި ވަޅި ހިފައިގެން ވަދެ ގެއްލުންދީފި

ހުޅުމާލޭ "ޖޫސް ޓައިމް" އަށް މަރުތޭލާއި ވަޅި ހިފައިގެން ވަދެ ގެއްލުންދީފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2023 11:48
0

ހުޅުމާލޭގައި ހުރި "ޖޫސް ޓައިމް" އަށް ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ރޭ އިރިއޮއްސުނުއިރު ވަގުތު ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" އަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ގިނަ ބަޔަކު ދަނީ މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

މިދެމީހުން ތިބީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ކަމަށްވުމުން އެއީ ކޮން ބައެއްކަމެއް ސާފެއް ނުވެއެވެ. ވީޑިއޯއިން ފެންނަ ގޮތުން އެމީހުން ވަނީ މަރުތޭލާއި، ވަޅި ހިފައިގެން އެތާގެ ކުޑަދޮރުން އެތެރެއަށް ވަދެނ ތަނަށާއި، ތަނުގައި ހުރި ގިނަ މުދަލަށް ގެއްލުންދީފައެވެ. އެމީހުން އެތަނަށް ވަދެ ގެއްލުން ދިނުމަށްފަހު މާ ގިނަ އިރެއް ނުވަނީވެސް ސައިކަލުގައި ވަނީ ފިލާފައެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ މިއީ އާންމު ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް ބުނެ ސޯޝަލްމީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.