ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލައިފި

ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލައިފި

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 11:59
0

ފަޔާ ވެހިކަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް މެދުކެނޑިއްޖެއެވެ.

ހއ.ހޯރަފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ލިބޭ ރަށެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.

ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ފަޔާ ވެހިކަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ވުމުން މައްސަލަ ހައްލު ވަންދެން އެއާޕޯޓަށް ކުރަން ހަމަމެޖިފައިވާ ހުރިހާ ދަތުރެއް ވަނީ ހަނިމާދޫ އެއާޕޯޓަށް ޑައިވާޓްކޮށްފައެވެ. އަދި އެއާޕޯޓަށް ދަތުރު ކުރާ މަންޓާ އެއާއަށް ވެސް ވަނީ އެކަން އަންގާފައެވެ.

މައްސަލަ ހައްލުކޮށް، އަލުން ދަތުރުތައް ފެށޭނެ އިރެއް އަދި ހާމަކޮށްފައި ނުވެއެވެ. ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރު ކުރަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. މަންޓާ އެއާއިން ކޮންމެ ދުވަހަކު ހޯރަފުއްޓަށް ޗާޓަރު ދަތުރެއް ކުރެއެވެ.

ހޯރަފުށީގެ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ރަށުގެ ފަޅުން 34 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ކޯޒްވޭއަކުން ރަށާ ގުޅާލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.