އެހާ އަވަހަށް ސިޓީގެ ޖަވާބު ދިނީމަ އަދާލަތަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭންވާނެ: ޖެނީ

އެހާ އަވަހަށް ސިޓީގެ ޖަވާބު ދިނީމަ އަދާލަތަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭންވާނެ: ޖެނީ

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2023 09:07
0

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކޮށް މަޝްވަރާއަށް ފޮނުވި ސިޓީއަށް އަދާލަތު ޕާޓީން އެހާ އަވަހަށް ޖަވާބު ދިނުމުން ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭންވާނެކަމަށް މޯލްޑިވިއަަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރުމަށެވެ.

އަދާލަތުގެ ނިންމުމާއި ގުޅިގެން ޖެނީ ވިދާޅުވީ ރައީސް ޞާލިހު ފޮނުއްވި ސިޓީއަށް މިހާ އަވަހަށް އަދާލަތު ޕާޓީން ޖަވާބު ދިނުމުން އެޕާޓީއަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ.

އެހާ އަވަހަށް ސިޓީގެ ޖަވާބު ދިނީމަ އަދާލަތަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭން ވާނެ.

– ޖެނިފާ ވިދާޅުވިއެވެ.

ރައީސްގެ ސިޓީފުޅު، މި ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ސިޓީއާ މެދު އެ ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމައެވެ. އެކަމަކު، ޖުމްހޫރީ ޕާޓީން އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ގައި އިންތިހާބާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނެ ކަމަށް ބެލެވެއެވެ.

ރައީސްގެ ސިޓީފުޅާ މެދު މަޝްވަރާކުރުމަށް ފަހު، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އެހެން ވެރިކަންތަކާ އަޅާ ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގައި ކުރެވުނު "ފަހި ތަޖުރިބާ އަށް" ރިއާޔަތްކޮށް، އާ ދައުރަށް އެ މަނިކުފާނަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާށެވެ. އެހެންވެ، ދެވަނަ ބުރުގެ ވާހަކައެއް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ އެޖެންޑާގައި ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޭވަށްލާ
މިމީހުންގެ އަމާ ބަފާގެ ތަރިކަ މުދާގަޑެއްތަ މީ ހިތުހުރި ގޮތަކަށް ބައި އަޅަން
ފ ފަހަރިބޭ
މި އިމްރާން މި ކުރާ ކަމަކީ ޝަހީމަށް ފޮނި ދެއްކުން. ޝަހީމަކީ އިންޓަރނޭޝަނސލް މީހެއް. ޝަހީމަށްވުރެ ގިނަ އަންހެންކުދިން މީނައާ ހެދި އުޅޭކަން ދެއްކުން. ވަޒީރުކަމުގަ "އަދާލަތު ޕާޓީ" ކަސްބީ ފޭރާންލައްވައިގެން ޖަހާލަތު ޕާޓީ އިމްރާން މި ދުވަނީ ދީނޭ ކިޔައިގެން ޒާތީ މަސްލަހަތު ކުރިއެރުވަން. އަލިއްޕެއާ ފަހަރި ކަންނެލިދޯނި މީ ޖާހާމާލާ އިއްޒަތާ ޝާނާޝައުކަތު މަތިކުރަން ޖީބު ފުރަން ދީން ހަތިޔާރަކަށް ހަދައިގެން އުލޭ 3 ފިރުއައުނު. މިފަހަރު މުޅި މަސްރަހުން ބޭރުކުރެވޭނެ ބަލަން ތިބޭ. ެއިންޑިއާއަށް ގައުމުވިއްކުމުގައި ބައިވެރިވި ތިޔަ 3 ގައްދާރުންނަށްވެސް އެކަމުގެ ޝަޒާ ލިބޭނެ!!!!
ފ ފަހަރުއްލާ
އުރަތްޕެއް ނެތް ޕާޓީ އެއްވީމަ 2 ސިކުންތުންވެސް ޖަވާބު ދެވިދާނެނު. އަދިވެސް އެދިނީ ޖަވާބެއްތަ؟ އަހިވެސް ކެވުނުވަރު މަދުކަމުން ބޮނޑުބޮނދި ކާން މަޝްވަރާ ކުރާކަށްނު އެބުނީ. އިމުރާނު ފޮނިވެފަ ކައިރީގަ ސެކިއުރިޓން ލައިގެން އަންހެންކުދިންނަށް ދަތްދިލުވަން ބަޔަކުމީހުންގެ ފަހަތުގަ އެލިގަނެގެން އުޅުނީމަނު ބޮޑޭ ހެދެވޭނީ