ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ވޭތޯ ބަލަނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ވޭތޯ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2023 04:51
0

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ވޭތޯ ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 08:25 އެހާކަންހާއިރު، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ފެނުނު ބަޔަކުވޭތޯ ބަލަން ބޭނުންވާކަމަށެވެ.

އެގޮތުން މި އެކްސިޑެންޓުގެ މަންޒަރު ފެނުނު ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 1ގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.