ދެ މަސްދުވަސްތެރޭ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން

ދެ މަސްދުވަސްތެރޭ ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން

Author
ޢަލީ އާދަމް
20 ފެބްރުއަރީ 2023 09:52
0

މިއަހަރުގެ ފައިތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 287977 ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %30 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 221428 ފަތުރުވެރިންނެވެ. މިމަހުގެ މިހާތަނަށްވެސް ރާއްޖެއަށް ފަތުރުވެރިން އައި މިންވަރުވަނީ މިދިޔަ އަހަރުގެ މުމުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 115478 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 89663 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަށް ބަލާއިރު އެއްވަނާގައި އުޅެނީ ރަޝިޔާއެވެ. ދެވަނާގައި އިންޑިއާ އޮތް އިރު ތިންވަނާގައި އޮތީ އިނގިރޭސިވިލާތެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.