ސިނާއީ ބޭނުމަށް ތިލަފުށިންް ބޭރު ކުންފުނިތަކަށް ބިންް ކުއްޔަށް ދޭނީ އެއީ ސަރުކާރުގެ ފޮރިން ޑިރެކްޓު އިންވެސްޓުމެންޓު (އެފްޑީއައި) ޕޮލިސީ ހުއްދަކުރާ ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާނަމަ އެކަނި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީއިންް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިލަފުށިން ހިއްކާ ސަރަހައްދުން ބިން ގަތުމަށް ބީލަމަށް ލެވޭނީ ހަަމަައެކަނި އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަަކަށް އެކަނި ކަމަށެވެ. އެފްޑީއައި ހުއްދަ އޮތްތޯ ބެލުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ބީލަން ހުށަހެޅުމުން އިކޮނޮމިކް މިނިސްޓްްރީ އާ ގުޅިގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ވެރިފައި ކުރނެއެވެ.
ތިލަފުށިން ބިން ދޫކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ސީނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނާއި މިފަދަ ފުރުސަތުތަކުގެ ތެރެއިން އިގްތިސޯދީ އާ މަސައްކަތްތަކަށް ޖާހަ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
– އެ ބަޔާނުގައިވެއެވެ.
ތިލަފުށިން އެންމެ ފަހުން ހިއްކި ސަރަހައްދުން ދޫކުރާ އެ ބިންތަކުން ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏެއް ނަަމ ބިން މިލްކުކުރެވެ އެވެ. އެކަމަކު ބީލަން ކާމިޔާބުކުރާ ބޭރު ކުންފުނިތަކަށް އެތަން ދޫކުރާނީ 99 އަހަށް ކުއްޔަށެވެ.
އެ ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރ. އެވެ. ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ