އާސިރު ގެއްލުމަށްފަހު ފެނުމާއި ހަމަޔަށް ހިނގައިދިޔަ ކަންކަން ތަހުގީގް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ އާސިރު ގެއްލުމަށްފަހު ފެނުމާއި ހަމައަށް ހިނގައިދިޔަ ދުވަސްތަކުގައި އާސިރާއި ގުޅޭގޮތުން އެކި މީޑިއާތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެންނެވެ. ފުލުހުން ވިދާޅުވީ އާސިރު އިސްމާއިލް ގެއްލުމަށްފަހު ފެނުމާއި ދެމެދު އެވީ ދުވަސް ތަކުގައި ކަންތައްތައް ހިނގައިދިޔަ ގޮތް ބަލުމަށް މިގެންދަނީ ތަހުގީގެއް ހިންގަމުދާކަމަށެވެ.
މުހައްމަދު އާސިރު އިސްމާއިލް ގެއްލުމަށްފަހު ފެނުމާއި ދެމެދު އެވީ ދުވަސް ތަކުގައި ކަންތައްތައް ހިނގައިދިޔަ ގޮތް ބަލުމަށް މިގެންދަނީ ތަހުގީގެއް ހިންގަމުން.
– ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައިވެސް އަދި އެހެން މައްސަލައެއްގައިވެސް ޕޮލިސް މީޑިއާއިން ވަކި މިޑިއާއަކަށްވާތީ ތަފާތު ކޮށް މައުލޫމާތު ފޯރުކޮށް ނުދޭކަމަށެވެ.
އާސިރު ގެއްލިގެން ހޯދަން ފެށީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ފުލުހުން ކުރި މަސައްކަތުން އޭނާ ފެނުނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ހާލު ރަނގަޅުކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދެއެވެ.
އާސިރު ފެނުނު ތަނަކާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުންދަނިކޮށް ފުލުހުން މިއަދު ވަނީ އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އާސިރު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނުނީ އެއަރޕޯޓްގެ ޓަރމިނަލް ތެރެއިންކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ޑޮމެސްޓިކް ޓަރމިނަލްކަމެއް ނުވަތަ އިންޓަރނޭޝަނަލް ޓަރމިނަލްކަމެއް ނުބުނެއެވެ.
އާސިރު ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަގޮތުގެ ތަފްސީލް މީޑިއާއާއި ޙިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި، އެއަރޕޯޓްގެ ފުޓޭޖްތަކުން އާސިރުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މިވީޑިއޯތަކުން ފެންނަނީ 4 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 19:20 ހާއިރު، ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީ ޓަރމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރެވެ. އަދި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލަށް މަޑުކުރުމުން އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓަރމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ތަހްޤީގު ޓިމުން ވަނީ އޭނާ އެއަރޕޯޓަށް ދިޔަ ޓެކްސީގެ ޑްރައިވަރާވެސް ސުވާލުކޮށްފައެވެ. އާސިރު ހޯދުމުގެ މަސައްކަތުގައި މާލޭގެ އިތުރު ސަރަޙައްދުތަކުގެ ސީސީޓީވީ ކެމެރާތަކާއި އެއަރޕޯޓްގެ އިތުރު ސަރަޙައްދުތަކުގެ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަނިކޮށް އޭނާ ފެނިފައިވާކަން ހާމަކުރެއްވީ ހޯމް މިނިސްޓަރއެވެ.