ކޮލިގޭ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ

ކޮލިގޭ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ

Author
ޢަލީ އާދަމް
26 ނޮވެމްބަރ 2020 10:02
0

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރ ކޮލިގޭ ރ. އިބްރާހިމް އުމަރު މަނިކު، އަވަހާރަވެއްޖެ އެވެ.

ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އޭނާ އަވަހާރަވީ ރޭ ފަތިހު، ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގަ އެވެ.

އުމުރުފުޅުން 68 އަހަރުގައި މަނިކު އަވަހާރަވީ އާލާސްކަންފުޅެއްގައި އައިސީޔޫގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އަވަހާރަވީ ހާލުކޮޅު ގޯސްވުމުން އަނެއްކާވެސް ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަރުވާ ދެމުން އަންނަނިކޮށެވެ.

ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެވެސް ވެރިޔާ އެވެ. މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަކީ، 1985 މެދުތެރޭގައި އޭނާ އުފެއްދެވި ކުންފުންޏެކެވެ.

އަވަހާރަވި އިރު އޭނާގެ ދެ ބޭފުޅަކާއި އަނބިކަނބަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ޑރ. އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ކޮއްކޯފުޅެވެ. މި ދެބޭފުޅުން ނަކީ މައްޝޫރު ކޮލި އުމަރު މަނިކުގެ ދެ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.